ދިވެހިރާއްޖެ
ގއ. މާމެންދޫ ޓީޖެޓީ ސަރަޙައްދުގައި ޢިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިންinfo@maamendhoo.gov.mv އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 23 ވާ އަންގާރަ ދުވަހު 13:00 ގައި ގއ.މާމެންދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައި ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.