ދިވެހިރާއްޖެ
އިސްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އާއި އިންވެގެން ދެކުނަށް އޮތް ބިމުގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް ރުއްގަހުގެ ވެރިން ހޯދުމަށްޓަކައި، އެ ބިމުގައިހުރި ރުއްގަސްތަކުގައި މިހާރުވާނީ ރަތްކުލައިގެ ދަވާދުން ނަމްބަރު ޖަހާފައެވެ.
ވީމާ، ރުއްގަހުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓުކުރުމަށްފަހު، 18 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެސަރަޙައްދުގައިވާ ރުއްގަހުގެ ތެރެއިން، ނަގައިގެން ގެންދެވޭނެފަދަ ތަކެތި މިމުއްދަތުގެ ތެރޭގައި ނެންގެވުން އެދެމެވެ. މަތީގައި ދަންނަވާފައިވާ ތާރީޚްގެ ފަހުން މިކައުންސިލަށް ހުށަހަޅާ ސިޓީތަކާއި، އެސަރަޙައްދުގައި ބަހައްޓާފައި ހުންނަ ތަކެއްޗަށް ބަދަލުދެވެން ނޯންނާނެވާހަކަ، އެތަކެތީގެ ވެރިފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ތާރީޚްގެފަހުން ހުށަހަޅާ ރުއްގަހުގެ ތަފްޞީލަށް ބަދަލު ދިނުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ޝަރުޢީ ކޯޓެއްގެ ޙުކުމަކާއި އެކުގައިކަމުގައި ދަންނަވަމެވެ.