ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS-153/2022/13
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 21 އޮގަސްޓް 2022 12:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކަޗަރަރ

އިޢުލާން

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓް، ބެޗްލާރސް ޑިގްރީ އަދި މާސްޓާރސް ލެވެލްގެ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް  ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އިން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

 

PUB227

Community Health

PUB125

Epidemiology

COU 101

Counselling Ethics

COU 103

Culture and Diversity in Counselling

COU 105

Professional Counselling Skills

COU 107

Counselling  Approaches I

COU 009

Self Awareness

 

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާއިން މާސްޓާސް ނުވަތަ ބެޗްލާރސް ޑިގުރީ ހާސިލްކޮށްފައިވުމާއި އެކު ޓާރޝިއަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-      ވަޒީފާއަށް އެދި ހުށައަޅާ ސިޓީ ( ކިޔަވައި ދެއްވަން ބޭނުންވާ މާއްދާ ބަޔާންކޮށް )

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-      ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތެށެވެ.  

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓަށް ބެލުމާއިއެކު ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިފެކަލްޓީގެ އީމެއިލް fhs@mnu.edu.mv އަށް އީމެއިލް ކުރެއްވުން  އެދެމެވެ.  

ސުންގަޑު

 21 އޮގަސްޓް 2022 (އާއްދީއްތަ) ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް fhs@mnu.edu.mv އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

16 އޮގަސްޓް 2022