ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422/422/2022/76
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި:
24 އޮގަސްޓް 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޫދު ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މިއިދާރާގެ ފަރާތުން "ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުން" މި ޝިއާރުގެ ދަށުން މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރުއްވުމަށްފަހު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯރމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9927999 ނަންބަރާއި ގުޅާގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
19 މުޙައްރަމް 1444
17 އޯގަސްޓް 2022
17 އޮގަސްޓް 2022