ނީލަން
ނަންބަރު: 134-PRO/I/2022/61
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:28
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

 ބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުން

މިކުންފުނީގައި ބޭނުންކޮށްފައިވާ ތިރީގައިވާ އުޅަނދު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އުޅަނދު އޮންނާނީި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (ޅ. ފެލިވަރު) ގައެވެ.

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮޒިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  ޑިޕޮޒިޓްގެ ގޮތުގައި އެ ނީލަމެއް ފެށޭ އަގުކަމަށް ކަނޑައަޅާފައިވާ އަގުގެ 15% ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަނެވޭނ އޮންލައިން އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށެވެ. ޑިޕޮސިޓް ފައިސާ ޓްރާންސްފަރ ކުރާނެ އެކައުންޓް ނަންބަރު އަކީ

 7701-101179-005 އެވެ.

ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ސިޓީއާއެކު ހިމަނެންޖެހޭ މައުލޫމާތާއި ލިޔެކިޔުން.

ނީލަމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ސިޓީއާއެކު އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތައް ހިމަނަންވާނެއެވެ.

މައުލޫމާތު:

  • ނީލަން ނަންބަރު
  • ހުށަހަޅާފަރާތުގެ ފުރިހަމަ ނަމާއި  އައި.ޑީ. ކާޑު ނަންބަރު (ކުންފުއްޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު)
  • އެޑްރެސް
  • ގުޅޭނެ ފޯނު ނަންބަރ
  • އީމެއިލް އެޑްރެސް

 

ލިޔެކިޔުން:

އަމިއްލަ ފަރާތަކުންނަމަ:

  • ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ
  • ޑިޕޮސިޓް ފައިސާ ދެއްކިކަމުގެ ރަސީދު
    • ނީލަން ނަމްބަރާއި އައިޑީ ކާޑް ނަމްބަރު ރިމާކްސްގައި ސާފުވާން ވާނެއެވެ.

 

ކުންފުންޏެއްނަމަ:

  • ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ
  • އިކޮނޮމިކް މިނިސްޓްރީއިން ދޫކޮށްފައިވާ ކުންފުނީގެ ޕްރޮފައިލް
  • ކުންފުނީގެ ފަރާތުން އަގު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ އާއި އެފަރާތަކީ ކުންފުނި ތަމްސީލުކުރަން ހަމަޖެހިފައިވާ ފަރާތެއްކަން އެނގޭނެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު

 

ޑިޕޮސިޓް ފައިސާ ދެއްކިކަމުގެ ރަސީދުގައި ނީލަން ނަމްބަރާއި ކުންފުނީގެ ރެޖިސްޓްރޭޝަން ނަމްބަރު ރިމާކްސްގައި ސާފުވާން ވާނެއެވެ.

 

ނީލަން ކުރިއަށްދާނެ ގޮތް

  1. އަގުހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައިބަހައްޓާފައިވާ ފޮއްޓަށެވެ. އަގު ހުށަހަޅުއްވާނީ ކޮންމެނީލަމަކަށް ވަކިސިޓީއެކެވެ.
  2. ކޮންމެ ދުވަހެއްގައި އެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު ޖެހިގެން އަންނަ ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10:00 ގައި މިކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެއެވެ.
  3.  ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް ވެއަތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
  4. ނީލަންތައް ނިމުމުން  މި އިއުލާން ނިމުމަކަށް އަންނާނެއެވެ.

އުޅަނދުގެ ހާލަތު ބެލުން

  • އުޅަނދުގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ކަމެކެވެ.
  • މި އުޅަނދު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސައިޓަށް ( ފެލިވަރު) އަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

 

 އުޅަނދު ފަހަރާއި ބެހޭ މައުލޫމާތު

ނީލަން ނަންބަރު

އުޅަނދުގެ ނަން

އުޅަނދުގެ ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

AUC-04

މިފްކޯ 101

ދަނގަޑު

ޅ. ފެލިވަރު

1،500،000 ރ

100،000ރ

 

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން

ނީލަން ކާމިޔާބުކުރާ ފަރާތަށް ފައިސާ ދައްކަންދެވޭ މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެތެރެއިން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނިކޮށްދެވޭނެއެވެ. ނަމަވެސް، ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ދައްކައިފައިނުވާނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރައެއް ނުލިބޭނެއެވެ.

އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ގިނަވެގެން އިތުރު 30 ދުވަހުގެތެރޭގައި އުޅަނދުގެ ރެޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެ އުޅަނދަކާ ހަވާލުވެ އުޅަނދު ގެންދަންވާނެ އެވެ. ކަނޑައެޅީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ ރަނގަޅު އަގެއް ހުށަހެޅިފަރާތަކަށް އެ އުޅަނދެއް ވިއްކާލުމަށް ނުވަތަ އެ އުޅަދެއް އަލުން ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު މިކުންފުންޏައް ލިބިގެންވެއެވެ. އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމާއި، އުޅަނދާ ހަވާލުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ ނީލަން ކާމިޔާބުކުރާފަރާތުންނެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7783822 ފޯނާ ގުޅުއްވުން އެދެމެވެ.

       17 އޮގަސްޓް 2022

17 އޮގަސްޓް 2022