ދިވެހިރާއްޖެ
HDC (161)-ACF/IU/2022/342 ނަންބަރ:
މިކޯޕަރޭޝަނުގައި ހުރި ބައުތަކެތި ވިއްކާލުމާ ބެހޭ
މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ގިނަދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް މުދާ ނީލަންކިއުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލު ތިރީގައި ލިސްޓް ކުރެވިފައިވާނެއެވެ.
1- ނީލަންކިޔާ ތަކެތި ބެލުމާއި މަޢުލޫމާތު ސާފުކުރުން:
ނީލަންކިޔަން ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، ނީލަންކިޔާތަކެތި ދެއްކުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގެ ސެންޓްރަލް ވެއާރހައުސްއަށް (މިދިލި މަގު، ހުޅުމާލެ) ޙާޒިރުވާ ފަރާތްތަކާއެކު، 23 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 އެވެ.
2- ވިއްކާލަން ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގައި ކުރިން ބޭނުންކުރެވި ހަލާކުވެފައިވާ ދޯނިއަކާއި އެކިކަހަލަ ސާމާނެވެ. ވިއްކާލުމަށް ހަމަޖެހިފައިވާ މުދަލުގެ ފުރިހަމަ ތަފްސީލް ށީޓް މިކަރުދާހާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ނީލަން ކިޔުމައްހަމަޖެހިފައިވާ ތަކެތި |
# |
ލޮޓް A |
- |
ދަނގަޑު ގޮނޑި |
1 |
އޮފީސް ގޮނޑި |
2 |
ޕްލާސްޓިކް ގޮނޑި |
3 |
ޕްލާސްޓިކް ގޮނޑި އަތްގަނޑު ލީ |
4 |
ދޮންނަ މެށިން |
5 |
އެއާ ކޮންޑިށަން |
6 |
ފެން ކޫލަރު |
7 |
ރައިސް ކުކަރު |
8 |
ވައް މޭޒު |
9 |
ފައިލް ކުރާ ކެބިނެޓު |
10 |
ޕޭޕާރ ސްރެޑަރ |
11 |
އޮފީސް މޭޒު |
12 |
މޭޒު |
13 |
ބަންކް އެނދު |
14 |
ސައިޑް ޓޭބަލް |
15 |
ބަދިގެ ކަބަޑު ކަން ބައި |
16 |
ދަނގަޑު އެނދު ފްރޭމް |
17 |
ކުލަ ދަޅު |
18 |
މަގުމަތީ ގަހާ ލައިޓު |
19 |
ފާޙާނާ ތަށި |
20 |
ނަރު ބުރި ( އެކި ސައިޒު) |
21 |
ޑީ ބޯޑު |
22 |
ސިންކު |
23 |
ދަނގަޑު (ކަފާފަ ހުރި ބުރި ވަރު) |
24 |
ފަންކާ އަދި ލައިޓު ޑިމަރު |
25 |
ދަނގަޑު ރޮޑު |
26 |
އެލުމިނިއަމް ފްރޭމް، ދޮރު ކަނި އަދި ޖާލިގަނޑު |
27 |
ތަށިމުށި |
28 |
ބިއްލޫރި ށީޓު އަދި ކަފާފައި ހުރި ބިއްލޫރި |
29 |
އެއާކޯން ސީލިންގް |
30 |
އެއާކޯން ބޭރު ޔުނިޓް |
31 |
އެއާކޯން ފާރުގައި ހަރުކުރާ ޔުނިޓް |
32 |
ތަށިމުށި ޖަހާ ކެމިކަލް |
33 |
ޕުޓީ |
34 |
ދަނގަޑު އެނދު ޕްރޭމް |
35 |
އެލުމިނިއަމް ގްރިލް |
36 |
ޕްރެށާ ޓޭންކް |
37 |
ގޮނޑި |
38 |
މާކަރީ ލައިޓު |
39 |
ޕްލަޑް ލައިޓު |
40 |
ޕްރިންޓަރު ކާޓްރިޖް |
41 |
މުނީޓަރު |
42 |
ޕީސީ |
43 |
ޕްރިންޓަރު |
44 |
ސްކޭނަރ |
45 |
ފެކްސް މެށިން |
46 |
އެން.ވީ.އާރ |
47 |
ޕީސީ ކަވަރު |
48 |
ޕްރޮޖެކްޓަރ |
49 |
ސާރވާރ ޔޫ.ޕީ.އެސް |
50 |
ފޮޓޯކޮޕީ މެށިން |
51 |
ޔޫ.ޕީ.އެސް |
52 |
Bލޮޓް |
- |
ދޯނި ހަލް (65 ފޫޓު) |
1 |
-50،000(ފަންސާސް ހާސް ރުފިޔާ)A ނީލަން ފަށާއަގު ލޮޓް -200،000 (ދެލައްކަ ރުފިޔާ)B ނީލަން ފަށާއަގު ލޮޓް |
|
ނީލަން މަދުވެގެން އިތުރު ކުރެވޭނީ 500 ( ފައްސަތޭކަ ރުފިޔާ) -A ލޮޓު |
|
ނީލަން މަދުވެގެން އިތުރު ކުރެވޭނީ 1،000 ( އެއްހާސް ރުފިޔާ) -B ލޮޓު |
Top of FormBottom of Form
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންނީލަން މައުލޫމާތު ކަރުދާސް
އިޢުލާން ނަންބަރ: HDC(161)-ACF/IU/2022/342
ތާރީޚް: 21 އޯގަސްޓު 2022
ނީލަމުގެ ސުރުޚީ: ބައުވެ ހަލާކުވެފައިވާ މުދާ ނީލަމުގައި ވިއްކާލުން
ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ އިރުޝާދު
|
ތަފްސީލް |
1.0 |
ނީލަމުގެ މަޢުލޫމާތު |
1.1 |
ނީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއްވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ. Fixed.assets@hdc.com.mv |
1.2 |
ނީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު ތާރީޚް: 25 އޯގަސްޓު 2022 ގަޑި: 10:00 (ހެނދުނު) |
1.3 |
ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ ތިރީގައި ބަޔާން ކުރެވިފައިވާ ދުވަހު، ދެވިފައިވާ އެޑްރެހުގައެވެ. ތާރީޚް: 23 އޯގަސްޓު 2022 ގަޑި: 10:00 (ހެނދުނު) އެޑްރެސް: މިކޯޕަރޭޝަންގެ ސެންޓްރަލް ވެއާރހައުސް (މިދިލި މަގު، ހުޅުމާލެ) |
1.4 |
ނީލަމުގެ ބައިވެރިން ނީލަމަށް ހާޒިރުވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަހާއި ދެވިފައިވާ އެޑްރެހަށެވެ. ތާރީޚް: 25 އޯގަސްޓު 2022 ގަޑި: 02:30 (މެންދުރު) އެޑްރެސް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހެޑް އޮފީސް، އެގްޒިބިޝަން ސެންޓަރ، ގްރައުންޑް ފްލޯ، ހުވަނދުމާ ހިނގުން، ހުޅުމާލެ. |
1.5 |
ނީލަމުގައި ބައްލަވައިގަންނަ ތަކެތި ހުރި ތަންތަނުން ގެންގޮސް ހުސްކުރުމާއި ތަން ސާފުކުރުމުގެ ޚަރަދު ކުރަންވާނީ ތަކެތި ބަލަވައިގަންނަ ފަރާތުންނެވެ. |
1.6 |
ނީލަމުގެ ބައިވެރިން ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު އެއްވެސް ފަރާތެއް ނީލަމުގައި ބައިވެރި ނުކުރެވޭނެއެވެ. ނީލަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ނީލަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ. |
|
|
2.0 |
ރަޖިސްޓްރީވާން ހުށައަޅަންޖެހޭ ލިޔުން |
2.1 |
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ދީފައިވާ ގަޑީގެކުރިން، ރަޖިސްޓްރީވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިކޯޕަރޭޝަނަށް ހުށަހެޅުންއެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މިކޯޕަރޭޝަންގެ ވެބްސައިޓް އަދި ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ. |
2.2 |
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދީފައިވާ ގަޑީގެ ކުރިން، ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.
|
2.3 |
ނީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް މަދު ނަމަ، ނުވަތަ ފޯމުގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނޫންނަމަ، އެފަރާތެއްގެ ފޯމް ބާތިލްކުރެވޭނެއެވެ. |
2.4 |
ނީލަމުގައި ބައިވެރިވުމަށް ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ބަންދުކުރެވިފައިވާ އެއް (1) ސިޓީއުރައިގައެވެ. |
2.5 |
ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއެކު "ނީލަމުގައި ރަޖިސްޓްރީވުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. |
|
|
3.0 |
ސެކިއުރިޓީ ޑިޕޮސިޓް |
3.1 |
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަމުގެ ސުންގަޑި ހަމަވުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި ލޮޓް A - -/25،000 ރުފިޔާ (ފަންސަވީސް ހާސް ރުފިޔާ) ދައްކަންވާނެއެވެ. ލޮޓް B - -/100،000 ރުފިޔާ (އެއްލައްކަ ރުފިޔާ) ދައްކަންވާނެއެވެ. |
3.2 |
ނީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ރީފަންޑް ކުރުމަށް 30 (ތިރީސް) ދުވަސް ތެރޭގައި ހުށަހަޅަންވާނެއެވެ. މި 30 (ތިރީސް) ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. މިމުއްދަތުގެ ތެރޭގައި ޑިޕޮސިޓް ނެގުމަށް ހުށަނާޅާ ފަރާތްތަކުގެ ސެކުއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް އިދާރީ ފީއެއްގެ ގޮތުގައި ނެގޭނެއެވެ. |
3.3 |
މިކޯޕަރޭޝަނުން އިޢުލާންކުރާ އެހެން ނީލަމަކަށް ޑިޕޮސިޓް ދެއްކުމަށް ނުވަތަ މިކޯޕަރޭޝަންގެ އެހެން ޚިދުމަތަކަށް ފައިސާ ދެއްކުމަށް މިފައިސާ ބޭނުން ނުކުރެވޭނެއެވެ. |
3.4 |
ނީލަން ކާމިޔާބުވާ ފަރާތުން މުދަލަށް ފައިސާ ދެއްކުމަށް އަދި މުދާ ގެންދިއުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަ ސެކިއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް ނެގޭނެއެވެ. |
|
|
4.0 |
ނީލަމުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު |
4.1 |
ނީލަން ހުޅުވޭނީ ނީލަމުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ ހާޒިރުގައެވެ. |
4.2 |
ނީލަން ކިޔުމުގައި ބައިވެރިވާ ފަރާތްތަކަށް ވަކިވަކި ލޮޓްތަކަށް ނީލަން ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. |
4.3 |
ނީލަން ކުރިއަށް ގެންދެވޭނީ ނީލަންކުރުމަށް ކުރެވޭ ފުރަތަމަ އިޢުލާނުގެ ދަށުން މަދުވެގެން 3 (ތިނެއް) ބައިވެރިން ހަމަވުމުންނެވެ. ދެވަނަ އިޢުލާނުގައި 2 (ދޭއް) ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ. ތިންވަނަ އިޢުލާނުގައި 1 (އެކެއް) ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ. |
4.4 |
ނީލަން ނިމުމަށްފަހު ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބުވިކަމުގެ ލިޔުން ހަވާލު ކުރެވޭނެއެވެ. |
4.5 |
ނީލަން ފަށާފަހުން ހާޒިރުވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެއެވެ. |
|
|
5.0 |
ނީލަމުން ނަގާ ތަކެއްޗަށް ފައިސާ ދެއްކުން |
5.1 |
ނީލަން ކާމިޔާބުކުރާ ފަރާތަށް ލިޔުމުން އެކަން އަންގާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި ފައިސާ ދެއްކުމުން ފައިސާ ދެއްކިކަމުގެ ރަޝީދު އެފަރާތާ ހަވާލު ކުރެވޭނެއެވެ. |
5.2 |
ނީލަމުން ނަގާ ތަކެއްޗަށް އިންވޮއިސް ހެދޭނީ ނީލަން ކާމިޔާބުކުރި ފަރާތުގެ ނަމުގައެވެ. އެހެން ފަރާތަކުން ފައިސާ ދެއްކިނަމަވެސް އެފަރާތުގެ ނަމުގައި އިންވޮއިސް ނުހެދޭނެއެވެ. |
5.3 |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، ދެވަނައަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ނުވަތަ ދެވަނައަށް އެންމެ ބޮޑު އަގެއް ހުށައެޅި ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
|
5.4 |
5.3 ވަނަ މާއްދާގައިވާ އެހެން ބަޔާންވެފައި ވީނަމަވެސް، ނީލަން ކާމިޔާބު ކުރާ ފަރާތުން ފައިސާ ނުދައްކައިފިނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަންއަށް ލިބިގެންވެއެވެ. |
5.5 |
ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 14 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. 14 ދުވަސް ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. |
|
|
6.0 |
ނީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް |
6.1 |
ނީލަން ކިޔާ ވަގުތުގައި މަސައްކަތައް އުދަގޫވާގޮތަށް އަޑުގަދަކޮށް ވާހަކަ ދައްކާ ހަދައިގެން ނުވާނެއެވެ. މިފަދައިން ޢަމަލުކުރާ ފަރާތްތައް ނީލަމުގައި ބައިވެރިނުކޮށް ނީލަން މާލަމުންފޮނުވާލުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ. |
|
|
7.0 |
ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެއްޗާއި ޙަވާލުވުމާއި ގެންދިޔުން |
.17 |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމުމަށްފަހު، ފައިސާ ދައްކާފައިވާ ތަކެއްޗާއި 48 ގަޑިއިރު ތެރޭގައި ޙަވާލުވެ، ތަކެތި ހުރިތަނުން ގެންދިއުމުގެ އަމަލީ މަސައްކަތް ފަށަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. |
7.2 |
ނީލަމާ ގުޅިގެން މިކޯޕަރޭޝަނުން ކުރާ ފުރަތަމަ އިޢުލާނުގައި ބަޔާންކުރާ މުއްދަތު ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ. |
7.3 |
ތަކެތި ގެންދިޔުމާއި ތަން ހުސްކުރުމުގެ މަސައްކަތުގެ މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް ލަފާކުރެވޭނަމަ، ކުރިން ދެވިފައިވާ މުއްދަތު ހަމަވުމުގެ 3 ދުވަސް ކުރިން އެދެންވާނެއެވެ. |
7.4 |
އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތު މަގުބޫލު އުޒުރެއްނެތި އިތުރުކުރުމުގެ ފުރުސަތަކައް ނޭދެވޭނެއެވެ. |
7.5 |
ނީލަމުގައި ގަންނަ ތަކެތި ގެންދިޔުމުގެ ހުރިހާ ޚަރަދު ކުރާނީ ތަކެތި ބައްލަވައި ގަންނަފަރާތުންނެވެ. އަދި ގެންދިޔުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް މިކޯޕަރޭޝަނުން ޒިންމާ ނުވާމެކަމުގައި ދަންނަވަމެވެ. |
|
|
8.0 |
ފައިސާ ނުދައްކާ ފަރާތްތަކާއި ތަކެތި ނުގެންދާ ފަރާތްތަކާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް |
8.1 |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުގެ ތެރެއިން، ތަކެއްޗަށް ފައިސާ ދެއްކުމަށް ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަށް އަދި ފައިސާ ދެއްކުމަށްފަހު ބަޔާންކޮށްފައިވާ ފަދައިން ތަކެތި ނުގެންދަވާ ފަރާތްތަކައް ތިރީގައި މިދަންނަވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ ފަރާތެއްގެ ސަސްޕެންޝަނުގެ މުއްދަތު ހަމަނުވަނީސް މިކޯޕަރޭޝަނުގެ ފަރާތުން ހުޅުވާލާ އެއްވެސް ނީލަމެއްގައި އަދި ބީލަމެއްގައި ބައިވެރި ނުވެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ނީލަމުގެ ތަކެތި ބަހައްޓާފައި ހުންނަ ސަރަޙައްދަކަށް އެފަދަ ފަރާތްތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދާނެއެވެ.
ފިޔަވަޅު އެޅޭ މުއްދަތުތައް: 3،000.00 އިން 10،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 6 މަސްދުވަސް. 10،001.00 އިން 50،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 12 މަސްދުވަސް. .0050،001 އިން .00100،000 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 18 މަސްދުވަސް. .00100،001 އިން 300،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 24 މަސްދުވަސް. .00300،001 ރުފިޔާއަށްވުރެ އިތުރުވާނަމަ މި ކޯޕަރޭޝަނުން ކަންޑައާޅާ މުއްދަތެއް. |
8.2 |
މިމާއްދާގެ 3.5 ގައިވާ ގޮތުގެ މަތިން ނީލަން ކާމިޔާބުކޮށް، ދެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަ ސެކުއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިކޯޕަރޭޝަނަށް ނެގޭނެ ވާހަކަ ދަންނަވަމެވެ. |
8.3 |
މި އިޢުލާނުގައި ލިސްޓު ކުރެވިފައިވާ އެއްވެސް އުޅަދެއްގެ ރަޖިސްޓްރީ ބަދަލު ނުކުރެވޭނެ ކަމުގައި ދަންނަވަމެވެ. |
އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 3355345 ނަންބަރު ފޯނާ ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |