ދިވެހިރާއްޖެ
މިއިދާރާގެ "ވިޔަވަތި" ލޯންޗުން ނަގާފައިވާ ސީރިއަލް ނަންބަރ 1002700 "ޔަމަހާ" 225 ހޯސްޕަވަރގެ 1 އައުޓުބޯޑު އިންޖީނު ސިޓީލާއި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންފެށޭ އަގަކީ -/50،000ރ (ފަންސާސްހާސް ރުފިޔާ) އެވެ. ހުށަހަޅާއަގަށް ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ -/1،000 (އެއްހާސް) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެ ލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12.00އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13.30 ގައި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިންނާއި، ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ރަސްމީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން 48 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
އިންޖީނާބެހޭ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިންޖީނާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 9911113 އާއި ގުޅުއްވުން އެދެމެވެ.
ނީލަމުން ނަންގަވާ އިންޖީނު ދޫކުރެވޭނީ މިއިދާރާއަށް ފައިސާ ދެއްކެވުމުންނެވެ. ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި މިއިދާރައަށް ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލްކުރެވޭނެ އެވެ.
ވީމާ،މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2022 އޮގަސްޓް 24 ވާ އަންގާރަވަހުގެ 9:00 ން ފެށިގެން އަގު ހުށަހަޅުއްވަމުން ގެންދެވުންއެދެމެވެ. އަގު ހުށަހަޅުއްވާނީ NL-04 ފޯމުން، އީމެއިލް info@shaviyani.gov.mv އަށް މެއިލް މެދުވެރިކޮށެވެ. ނީލަން ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބޭނެއެވެ.