ނީލަން
ނަންބަރު: (IUL)113-CCD/1/2022/98
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި:
01 ސެޕްޓެންބަރު 2022 16:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލުމާއި ގުޅޭ.
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 16:30 ގައި
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ނީލަން މުދާ ބެލުމަށް އެދޭ ފޯމު https://forms.office.com/r/HheywL3kbt ފުރިހަމަކުރައްވަން ވާނެއެވެ.
- މުދާ ބެލުމަށް ވަޑައިގަންނަވާ އިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
- ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 03 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
- ނީލަން ކިޔުން: 04 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހު ގެ 14:00 ން ފެށިގެން.
- ނީލަން ކިއުން އޮންނަ ތަން: ސާރވިސް ބިލްޑިންގް މީޓިންގ ރޫމް- 02
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
- ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
23 އޮގަސްޓް 2022