ނީލަން
ނަންބަރު: 171-M(F3)/IUL/2022/006
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި:
31 އޮގަސްޓް 2022 10:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މުއައްސަސާގެ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ އިންޖީނުތަކުގެ ތެރެއިން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ އިންޖީނުތައް ނީލަމުގައި ވިއްކާލުމަށް
|
|
ނަންބަރު: |
171-M(F3)/IUL/2022/006 |
.ނީލަން ކިއުން.
- މި މުއައްސަސާގެ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ އިންޖީނުތަކުގެ ތެރެއިން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ އިންޖީނުތައް ނީލަމުގައި ވިއްކާލުމަށް ކުރެވުނު މި މުއައްސަސާގެ ނަންބަރު 171-M(F)/IUL/2022/005 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގެވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މި މުއައްސަސާގެ އީ-މެއިލް finance.asset@police.gov.mv އަށް މެއިލްކޮށް އަދި @police.gov.mv ަަ an_C1811 އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 އޮގަސްޓް 31 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2019 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 10:00ގައި ކ.ދޫނިދޫގައި އެވެ.
- ނީލަން ކިއުން އޮންނާނީ 2022 ސެޕްޓެމްބަރ 04 ދުވަހުގެ 10:00 ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ
24 އޮގަސްޓް 2022