ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2022/28
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 13 ސެޕްޓެންބަރު 2022 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނީއަރ އައިސީޓީ އޮފިސަރ

 އިއުލާން

ވަޒީފާގެ ފުރުޞަތު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ސީނިއަރ އައި.ސީ.ޓީ އޮފިސަރ

ރޭންކް:

 MS1/B

ސެކްޝަން/ޑިޕާޓްމަންޓް:

 އެޑްމިނިސްޓްރޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- އައި.ސީ.ޓީ

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 މި މަޤާމުގެ ތަޖުރިބާގެ ގޮތުގައި ހަމައެކަނި ބެލޭނީ، ސޮފްޓެވައަރ ޑެވެލޮޕްކުރުމާއި، ކަސްޓަމައިޒް ކުރުމުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތަށެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިދާރާގައި ބޭނުންކުރާ ލައިބްރަރީ ސޮފްޓްވެއަރ (ކޯހާ) އަދި އާރކައިވް ސޮފްޓްވެއަރ (ޑީ.ސްޕޭސް) އަށް ގެންނަންޖެހޭ ބަދަލުތަކާ އެއްގޮތަށް ސޮފްޓްވެއަރ ކަސްޓަމައިޒް ކުރުން.
  2. އިދާރާގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އިތުރަށް ބޭނުންވާ ކަންކަން ދިރާސާކޮށް، ވެބްސައިޓް ޑިވެލޮޕް ކުރުން.
  3. އިދާރާގައި ބޭނުންކުރާ އެކި ސޮފްޓްވެއަރ ތަކަށް މުވައްޒަފުން އަހުލުވެރި ކުރުމަށް ބޭނުންވާ ތަމްރީނުތައް  ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިއެއްގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
  4. އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިތުރަށް ބޭނުންވާ ސޮފްޓްވެއަރ ރިކްއަރމަންޓްސް ދެނެގަތުމާއި، އެފަދަ ސޮފްޓެވެއަރ އިން ހައުސްކޮށް ތަރައްޤީކުރުން.
  5. މަތީގައި ބަޔާންވެގެންވާ ކަންކަމުގެ އިތުރުންވެސް ސެކްޝަން/ޑިޕާޓްމަންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ސެކްޝަނާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އަދި މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ތަރައްޤީކޮށް ހިންގުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން. 

އުޖޫރަ:

- މަހަކު -/9,550 ރުފިޔާ

އެލަވަންސް/ޢިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

  

ފޯމް ފޮނުވަންވީ ތާރީޚް:   31 އޮގަސްޓް 2022 އިން 13 ސެޕްޓެންބަރު 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 13 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން hr@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި ޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އިދާރާއިން ދޭ ތިޔަރީ/ޕްރެޓިކަލް ޓެސްޓަކުން ފާސްވާ ފަރާތްތައް އެކަންޏެވެ.

 

31 އޮގަސްޓް 2022