ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ 60 މަގުބައްތި ބަދަލުކުރުމަށް ބޭނުންވާ ސޯލާ ލައިޓް ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢްލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މަގުބައްތި ބަދަލުކުރުމަށް ބޭނުންވާ ސޯލާ ލައިޓްތައް ފޯރުކޮށްދީ ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.
މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 07 ސެޕްޓެމްބަރ 2022ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ސެޕްޓެމްބަރ 2022ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 05 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް info@dhmeedhoo.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.