ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
ނަމްބަރު: (IUL)325-MS/325/2022/40
އިޢުލާން
އެކިއެކި ބޭނުންތަކަށް ގޮއިދޫއިން ބިންކުއްޔަށް ދޫކުރުމާއި ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑައަގު ޢާންމުކުރުން
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ރަށްރަށުން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެކުޑައަގު ކަނޑައެޅުމުގެ ބާރު ، ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަށް ދީފައިވާތީ ، މި ކައުންސިލުން ބ ގޮއިދޫ އިން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑައަގު ، ކައުންސިލްގެ 4 ވަނަ ދައުރުގެ 43 ' 48 ވަނަ ޖަލްސާއިން ކަނޑައަޅާ ވަނީ ފާސްކޮށްފައެވެ. މިގޮތުން އިޤްތިޞާދީ ، އިޖްތިމާޢީ އަދި ޢުމްރާނި ތަރައްޤީއާއި ގުޅުން ހުރި އެކިދާއިރާ ތަކުން ބިން ކުއްޔަށް ދޫކުރުމަށާއި ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑައަގު ތިރީގައި މިވަނީއެވެ.
ކުއްޔަށް ދޫކުރެވޭ ބިން :
ޒޯން އަދި މަސައްކަތުގެ ދާއިރާ |
އެންމެ ކުޑައަގު ( އަކަފޫޓަކަށް) |
އިންޑަސްޓްރިއަލް ޒޯންތައް : ޞިނާއީ މަސައްކަތް ތަކަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު |
0.25 ރުފިޔާ އަކަފޫޓު |
އެގްރިކަލްޗަރ ޒޯން : ދަނޑުވެރިކަމާއި ،ދިރޭތަކެތި ގެންގުޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު |
0.10 ރުފިޔާ އަކަފޫޓު |
ވިޔަފާރި ޒޯން : ޢާންމުންދިރިއުޅޭ ސަރަޙައްދުގެ |
1.00 ރުފިޔާއަކަފުޓު |
ވިޔަފާރި ޒޯން : ބަނދަރު ސަރަޙައްދުގެ |
1.50 ރުފިޔާ އަކަފޫޓު |
ޓޫރިޒަމް ޒޯން : ސިޓީހޮޓާ / ގެސްޓްހައުސް އަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު |
4ޑޮލަރ އަކަ މީޓަރު |
ޓޫރިޒަމް ޒޯން : ޓޫރިޒަމާގުޅުންހުރި އެހެނިހެން ( ޑައިވިން ،ވޯޓަރ ސްޕޯޓް ފަދަ ) |
1.00 ރުފިޔާ އަކަފޫޓު |
ޢާންމު ޚިދުމަތްދޭ ޒޯން ތައް: ކޭބަލްޓީވީ / މުވާޞަލާތީ ޚިދުމަތް ފަދަ |
0.70 ރުފިޔާ އަކަފޫޓު |
ވިއްކާ ބިންތައް :
ޓޫރިޒަމް ޒޯން : ބީޗް ފްރަންޓް |
450.00 ރުފިޔާ އަކަފޫޓު |
މީހުން ދިރިއުޅޭ ސަރަޙައްދު : ޢާންމު ދިރިއުޅުމަށް |
300.00 ރުފިޔާ އަކަފޫޓު |