ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472 /1/2022/124
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 12 ސެޕްޓެންބަރު 2022 10:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދަތުރުފަތުރުގެ ދާއިރާއިން ހޭލުންތެރިކަމުގެ ވީޑިއޯ ކްލިޕް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީއަށް ބޭނުންވާ ދަތުރުފަތުރުގެ ދާއިރާއިން ހޭލުންތެރިކަމުގެ ވީޑިއޯ ކްލިޕް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2022 އެޕްރީލް 03 ވަނަ ދުވަހު ކުރެވުނު ނަމްބަރު  IUL)472 /1/2022/ 59) އިޢުލާންގައި ދެންނެވިފައިވާ ހޭލުންތެރިކުރުމުގެ ވީޑިއޯ ކްލިޕްތަކުގެ މަޢުލޫމާތު ޝީޓަށް ބަދަލުގެންނަން ޖެހޭތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 12  ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް. ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ސެޕްޓެންބަރު 2022