ނީލަން
ނަންބަރު: 171-M(F3)/IUL/2022/007
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 11 ސެޕްޓެންބަރު 2022 10:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މިމުއައްސަސާގައި ބޭނުންކޮށްފައިވާ 24 އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް އަދި 06 އައުޓްޑޯރ އެއަރ ކޮންޑިޝަން ޔުނިޓް ނީލަމުގައި ވިއްކާލުމަށް

 

 

 ނަންބަރު:

171-M(F3)/IUL/2022/007 

 

 

.ނީލަން ކިއުން.

 

  1. މިމުއައްސަސާގައި ބޭނުންކޮށްފައިވާ 24 އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް އަދި 06 އައުޓްޑޯރ އެއަރ ކޮންޑިޝަން ޔުނިޓް ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގެވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް finance.asset@police.gov.mv  އަށް މެއިލްކޮށް އަދި ml_2370@police.gov.mv އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2022 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 10:00ގައި ޕޮލިސް ވެހިކަލް ގަރާޖްގައެވެ.
  5. ނީލަން ކިއުން އޮންނާނީ  2022 ސެޕްޓެމްބަރ 13 ދުވަހުގެ 10:00 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

01 ސެޕްޓެންބަރު 2022