ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
މެނޭޖަރ – މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
މެނޭޖަރ - ގްރޭޑް 02 |
މުސާރަ: |
މަހަކު 12750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ - ފޯނު އެލަވަންސް: 450.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މާސްޓަސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މެނޭޖިންގ ޑިރެކްޓަރުގެ މަސައްކަތައްތަކަށް ބޭނުންވާ ޑޮކިއުމަންޓް އަދި ރިޕޯޓްތައް ތައްޔާރު ކުރުން. - މެނޭޖިންގ ޑިރެކްޓަރު ބައިވެރިވާ ދަތުރުތައް ރޭވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން - މެނޭޖިންގ ޑިރެކްޓަރު މީޓިންގްތައް ހަމަޖެއްސުމާއި މީޓިންގެ އެޖެންޑާ ކަނޑައަޅައި ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރުން. - މެނޭޖިންގ ޑިރެކްޓަރު ބައިވެރިވާ މީޓިންގ ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން. - ޑިޕާޓްމަންޓްތަކުން ބިއުރޯއަށް ފޮނުވަން ކަނޑައެޅިފައިވާ ލިޔެކިޔުން ޤަވައިދުން ފޮނުވާކަން ކަށަވަރު ކުރުން. - ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕޮޖެކްޓްތަކާއި ހާއްސަ މަސައްކަތްތަށް ޑޭޓާތައް ބިއުރޯއަށް ލިބޭނެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން. - މެނޭޖިންގ ޑިރެކްޓަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފޯރޮކޮށްދޭންޖެހޭ މައުލޫމާތުތައް ތައްޔާރުކޮށް، މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން އެފަދަ މައުލޫމާތުތައް ހިއްސާ ކުރުން. - ކޯޕަރޭޝަންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުގައި އެހީތެރިވުން. - މެނޭޖިންގ ޑިރެކްޓަރ އަންގާވާ މުހިންމު މަސައްކަތްތައް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ނިންމޭކަން ކަށަވަރު ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 11 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
09 ޞަފަރް 1444