ދިވެހިރާއްޖެ
ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކުމާއި ގުޅޭ |
ރައްޔިތުންގެ އިންޖީނުގެ ހިންގި ދުވަސްވަރު ބޭނުންކޮށްފައި ހުރި ޖަނަރޭޓަތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހަތަރުވަނަ ކައުންސިލްގެ 2022 ވަނަ އަހަރުގެ 12 ވަނަ ޢާންމު ޖަލްސާއިން ނިންމުމާއިގުޅިގެން ސިޓީލާ ނީލަމުގައި ވިއްކާލުމާށް ވަނީ ހަމަޖެހިފައެވެ.
ނީލަންފެށޭ އަގަކީ 50,000.00 ރ (ފަންސާސް ހާސްރުފިޔާ) އެވެ. ހުށަހަޅާ އަގަށް ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑައަގަކީ 1000.00 (އެއްހާސް) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެ ލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13:00ގައި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ޢާންމުކުރެވޭނެއެވެ. ނީލަން ހުށަހަޅާ އަގު ރަސްމީ ބަންދުވަސްތައް ފިޔަވައި ޖެހިޖެހިގެން 48 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ޖަނަރޭޓަރތަކުގެ މަޢުލޫމާތު މިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ޖަނަރޭޓަރގެ އިތުރު މަޢުލޫމާތު ހޯދެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ 6540041 ގުޅުއްވާ ނުވަތަ މިއިދާރާގެ އީމެއިލް info@kanditheemu.gov.mv އަށް އިމޭއިލް ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.
ނީލަމުންނަންގަވާ ޖަނަރޭޓަރ ދޫކުރެވޭނީ މިއިދާރާއަށް ފައިސާ ދެއްކުމުންނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތުން ނީލާން ނިމޭތާ ލަސްވެގެން 07 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވާ ޖަނަރޭޓަރާއި ޙަވާލުމުގެ އިންތިޒާމް ހަމަޖައްސަވަންވާނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 11 ވާ އާދިއްތަ ދުވަހުގެ 12:00 ން ފެށިގެން އަގު ހުށަހަޅުއްވަމުން ގެންދެވުންއެދެމެވެ. އަގު ހުށަހަޅުއްވާނީ NL-001 ފޯމުން، އީމެއިލް info@kanditheemu.gov.mv އަށް މެއިލް މެދުވެރިކޮށެއެވެ. ނީލަން ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުންނާއި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.