މަސައްކަތް
ނަންބަރު: (IUL)230-AHI/230/2022/59
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 19 ސެޕްޓެންބަރު 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޑިޔާރުކަން ކޮށްދޭނެ ފަރާތެއް ހޯދުން

                     މިހިނގާ ސެޕްޓެންބަރުމަހުގެ 29 ން އަންނަ އޮކްޓޫބަރުމަހުގެ 01 ގެ ނިޔަލަށް އޭދަފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ " ބ. އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތް 1444"  ގައި އިންސާފުކޮށްދޭނެ 03 ފަޑިޔާރުން ހޯދަން ބޭނުންވެއްޖެއެވެ.

                     ވީމާ، މިދެންނެވި މުބާރާތް އިންސާފުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 19 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީ. މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގެ ކުރިން މިއިދާރާގެ info@baa.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުބާރާތުގައި އިންސާފުކޮށް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަކީ، ދަށްވެގެން ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ހާޞިލްކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. މި އިޢްލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ނަމަ 7787307 އަށް ގުޅުއްވުން އެދެމެވެ.

                     16   ޞަފަރު    1444

12 ސެޕްޓެންބަރު 2022