ދިވެހިރާއްޖެ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރ : MGPL-CAD/AD/22-01
އިޢުލާން
ބޭނުންނުކުރާ ބާވެ ހަލާކުވެފައިވާ ސިލިންޑަރ ތަކެއް ވިއްކާލުމަށް.
މިކުންފުނީގައި ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ސިލިންޑަރު ތަކެއް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، މިސިލިންޑަރުތައް ނީލަމުގައި ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހު 10:00 އާއި 12:00 އާ ދެމެދު މިކުންފުނީގެ ތިލަފުށި ޔުނިޓަށް ވަޑައިގެން ސިލިންޑަރުތައް ބެއްލެވުމަށްފަހު، 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00އަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614
19 ސެޕްޓެމްބަރ 2022މ.