ނީލަން
ނަންބަރު: 134-PRO/I/2022/70
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:10
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯ 101 ސިޓީލާ ނީލަމުގައި ވިއްކާލުން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް

             މާލެ، ދިވެހިރާއްޖެ

 

134-PRO/I/2022/ނަންބަރ: 70

 

އިޢުލާން

 ބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން ނަމްބަރ:  134-PRO/I/2022/61އެއްވެސްފަރާތަކުން އަގުހުށައަޅާފައި ނުވާތީވެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

           މިކުންފުނީގައި ބޭނުންކޮށްފައިވާ ތިރީގައިވާ އުޅަނދުފަހަރު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އުޅަނދު އޮންނާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (ޅ. ފެލިވަރު) ގައެވެ.

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮޒިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  ޑިޕޮޒިޓްގެ ގޮތުގައި އެ ނީލަމެއް ފެށޭ އަގުކަމަށް ކަނޑައަޅާފައިވާ އަގުގެ 15% ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާ  ނުވަތަ  އޮންލައިން އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށެވެ. ޑިޕޮސިޓް ފައިސާ ޓްރާންސްފަރ ކުރާނެ އެކައުންޓް ނަންބަރު މި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

 

ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ސިޓީއާއެކު ހިމަނެންޖެހޭ މައުލޫމާތާއި ލިޔެކިޔުން.

ނީލަމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ސިޓީއާއެކު އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތައް ހިމަނަންވާނެއެވެ.

މައުލޫމާތު:

  • ނީލަން ނަންބަރު
  • ހުށަހަޅާފަރާތުގެ ފުރިހަމަ ނަމާއި  އައި.ޑީ. ކާޑު ނަންބަރު (ކުންފުއްޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު)
  • އެޑްރެސް
  • ގުޅޭނެ ފޯނު ނަންބަރ
  • އީމެއިލް އެޑްރެސް

 

ލިޔެކިޔުން:

އަމިއްލަ ފަރާތަކުންނަމަ:

  • ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ

ކުންފުންޏެއްނަމަ:

  • ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ
  • އިކޮނޮމިކް މިނިސްޓްރީއިން ދޫކޮށްފައިވާ ކުންފުނީގެ ޕްރޮފައިލް
  • ކުންފުނީގެ ފަރާތުން އަގު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ އާއި އެފަރާތަކީ ކުންފުނި ތަމްސީލުކުރަން ހަމަޖެހިފައިވާ ފަރާތެއްކަން އެނގޭނެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު
  • ޑިޕޮސިޓް ފައިސާ ދެއްކިކަމުގެ ރަސީދު

 

ރަޖިސްޓްރީކުރައްވާނީ bid@mifco.mv  އައް މެއިލް ކުރައްވައިގެންނެވެ.

ނީލަން ކުރިއަށްދާނެ ގޮތް

  1. އަގުހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައިބަހައްޓާފައިވާ ފޮއްޓަށެވެ. އަގު ހުށަހަޅުއްވާނީ ކޮންމެނީލަމަކަށް ވަކިސިޓީއެކެވެ.
  2. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10.00 ގައި މިކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެއެވެ.
  3. ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް ވެއަތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
  4.  ނީލަންތައް ނިމުމުން މި އިޢުލާން ނިމުމަކަށް އަންނާނެވެ.

 

އުޅަނދުގެ ހާލަތު ބެލުން

  • އުޅަނދުގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ކަމެކެވެ.
  • މި އުޅަނދު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސައިޓްއަށް ( ފެލިވަރު) އަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

 

 އުޅަނދު ފަހަރާއި ބެހޭ މައުލޫމާތު

ނީލަން ނަންބަރު

އުޅަނދުގެ ނަން

އުޅަނދުގެ ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

AUC-

މިފްކޯ 101

ކަލެކްޓަރ ވެސަލް (ދަނގަޑު)

ޅ. ފެލިވަރު

750,000.00ރ

50،000ރ

 

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން

ނީލަން ކާމިޔާބުކުރާ ފަރާތަށް ފައިސާ ދައްކަންދެވޭ މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެތެރެއިން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނިކޮށްދެވޭނެއެވެ. ނަމަވެސް، ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ދައްކައިފައިނުވާނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރައެއް ނުލިބޭނެއެވެ.

އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފައިސާ ދައްކާ އުޅަނދުގެ ރެޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެ އުޅަނދަކާ ހަވާލުވާން ވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި އުޅަނދާ ހަވާލުވެފައި ނުވާނަމަ އެ އުޅަދެއް އަލުން ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު މިކުންފުންޏައް ލިބިގެންވެއެވެ. އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމާއި، އުޅަނދާ ހަވާލުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ ނީލަން ކާމިޔާބުކުރާފަރާތުންނެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7783822 ފޯނާ ގުޅުއްވުން އެދެމެވެ.

       

20 ސެޕްޓެންބަރު 2022