ނީލަން
ނަންބަރު: A/IUL/2022/191
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 28 ސެޕްޓެންބަރު 2022 00:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ދަނގަޑުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

 

               މި ކުންފުނީގައި ހުރި ގިނަ ޢަދަދެއްގެ ބައު ދަގަނޑުތަކެއް ނީލަމުގައި ވިއްކާލުމާ ގުޅޭ ގޮތުން ކުރެވުނު ނަންބަރު R/IUL/2022/138  (22 ޖޫން 2022) އިޢުލާނު ބާޠިލް ކުރުމަށްފަހު، އަލުން މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

               ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީއަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަކާއެކު ސިޓީ އުރައެއްގައި ބަންދުކޮށް               2022 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.                 އަދި 2022 ސެޕްޓެންބަރު 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށްވެސް މި ނީލަމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ދަންނަވަމެވެ.

               މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ، ނީލަމުގައި ބައިވެރިވެވަޑައި ނުގެންނެވޭނެއެވެ. އަދި މި ތަކެތީގެ ނިލަން ނިމޭތާ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެއެވެ. ނަމަވެސް، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި ކުރީގެ ނީލަން ކާމިޔާބު ކުރެއްވި ފަރާތަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމުގައި ދެންނެވީމެވެ.

               މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން ނަންބަރު 3338212  ,7905889 އަށް ގުޅުއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2022