ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާގެ ބެކަޕް ސްޓޯރޭޖް ސާރވަރ އަޕްގްރޭޑް ކުރަން ބޭނުންވެއެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
https://forms.office.com/r/jqa821ff0Y ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 3 އޮކްޓޫބަރ 2022 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. |
ޕްރީބިޑު މީޓިންގ |
މި މަސައްކަތާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބީލަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 4 އޮކްޓޫބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން bid.registration@majlis.gov.mv އަށް އީމެއިލް ކުރުމުން، 5 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|
10 އޮކްޓޫބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |