ދިވެހިރާއްޖެ
ކ.ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން (ތިންވަނަ އިޢުލާން)
ކ. ތަނބުރުދޫ ތިލަ ސަރަހައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރާއްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 27 ސެޕްޓެމްބަރ 1995 ގައި މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު: E/95/32 އިޢުލާނުން ޙިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ތަނބުރުދޫ ސަރަހައްދުގެ ޒޯނޭޝަނާއި، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، އެސަރަހައްދަކީ ތަނބުރުދޫ ސަރަހައްދުކަމުގައި ކަނޑައަޅައި، އެސަރަހައްދުގެ އިންތަކާއި މިންތަކާއި އަދި ޒޯނޭޝަން ތަފްސީލު ވަނީ 5 ނޮވެމްބަރ 2020 ގައި އިޢުލާން ނަންބަރު (IUL)438-ENV/438/2020/209 މުރާޖަޢާކޮއްފައެވެ.
ކ. ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި މި ސަރަހައްދު ބޭނުންކުރާ ރިސޯޓް ނުވަތަ ގެސްޓް ހައުސް ތަމްސީލުކުރާ ފަރާތްތައް ހިމެނިފައިވާތީ، މި ކޮމިޓީ އެކުލަވާލުމަށްޓަކައި 25 ސެޕްޓެމްބަރ 2022 ގައި ކުރެވުނު މި މިނިސްޓްރީގެ ނަންބަރ (IUL)438-HRU/438/2022/85 އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
ކ.ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ޢަދަދު: |
1 (އެކެއް) މި ސަރަހައްދު ބޭނުންކުރާ ރިސޯޓް ނުވަތަ ގެސްޓް ހައުސް ތަމްސީލުކުރާ ފަރާތެއް |
އަސާސީ ޝަރުތުތައް: |
ރިސޯޓް ނުވަތަ ގެސްޓް ހައުސް ތަމްސީލުކުރާ ފަރާތްތަކުން، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް: |
(1) ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުން (2) ތަނބުރުދޫ ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުން (3) ތަނބުރުދޫ ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުން (4) ތަނބުރުދޫ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން |
އުޖޫރަ: |
މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ |
އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ލިޔުންތައް hr@environment.gov.mv އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. |
މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާއެވެ. އަދި ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018329 އަށެވެ.
06 އޮކްޓޯބަރ 2022