ދިވެހިރާއްޖެ
ނަމްބަރު: (IUL)325-MS/325/2022/47
އިޢުލާން
އަލަށް ގޯތި ދޫކުރާ ސަރަޙައްދުގެ މަގުތަކަށް އަރާ ރުއްގަހުގެ ވެރިން ހޯދުން
ރޯޝަނީމަގުގެ ދެކުނުން އިރުމަތީކޮޅުގައި މިހާރު ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގެ މަގުތަކަށްއަރާ އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ބަދަލު ހަމަޖެއްސުމުގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި އެފަދަ ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރުމަށްބޭނުންވެއެވެ.
ވީމާ ، މި ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތުން އެރުއްގަހުގެ ތަފްޞީލް 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން މިކައުންސިލަށް އަންގަވާ ދެއްވުން އެދެމެވެ. މިރުއްގަސް ފާހަގަކުރުމުގެގޮތުން ތިރީގައި މިވާ ގޮތަށް ރަތް ދަވާދުން ނަމްބަރެއް ޖަހާފައިވާނެއެވެ.
ރުއް ނަމްބަރ 1 ން 88 އަށް
ދިއްގާ ގަސް 1 ކުން 11 އަށް
މިދިލި ގަސް 1 ކުން 10 އަށް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރ 6600005 އާގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.