ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓު.
ދިވެހިރާއްޖެ
ނަންބަރ: A/E18C/2022/04(IUL)
ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބައެއް އިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބައެއް އިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން އިޢްލާން ކުރެވުނު މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރެއްވުމަށް 16 އޮކްޓޯބަރ 2022ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން r.hulhudhuffaaru@judiciary.gov.mv އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ 23 އޮކްޓޯބަރ 2022ވާ އާދީއްތަ ދުވަހުގެ 11:00ށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްތައް މެއިލްކުރެވޭނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 16 އޮކްޓޯބަރ 2022ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން r.hulhudhuffaaru@judiciary.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 އޮކްޓޯބަރ 2022