ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގެ ބައެއް ވެހިކަލްތައް ނީލަންކިޔުން |
މިކައުންސިލްގައި ބޭނުންކުރެވުނު ވެހިކަލްތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމެހިފައިވާ މައުލޫމާތާއި ނީލަން ފެށުމަށްހަމަޖެހިފައިވާ އަގު، އަދި ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގު މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާނެއެވެ.
ނީލަމުން ވެހިކަލް ނެންގެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:00ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL05 ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ނީލަމުން ނަންގަވަން ބޭނުންފުޅުވާ ވެހިކަލް ނަންބަރ ޖެއްސެވުން އެދެމެވެ. ނީލަން ހުށަހަޅާފޯމް(NL05 ) މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ނީލަމުގައި ވިއްކާލާ ވެހިކަލްތައް ބައްލަވަން ބޭނުންވާ ފަރާތްތަކުން ، އެވެހިކަލެއް ބޭއްވިފައި އޮތް އޮފީހަކަށް ރަސްމީދުވަސްތަކުގެ ހެނދުނު 9.00 އިން 13:00 އާއި ދެމެދު ދުރުވުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އޮކްޓޯބަރ 2022 އިން ފެށިގެންނެވެ.
ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.
ވެހިކަލްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6885003 އާއި ގުޅުއްވުން އެދެމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތްކަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިއުން ޙަވާލުކުރާތާ ރަސްމީ 07ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދައްކަވައި ތަކެތި ގެންދަވަން ވާނެއެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ. އަދި އިދާރީގޮތުން އެފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
15 ރަބީޢުލްއައްވަލް 1444
11 އޮކްޓޯބަރ 2022