Beelan
Number: (IUL)401-E/401/2022/193
Published Date: 13 Oct 2022
Published Time: 11:23
Deadline: 20 Oct 2022 00:00
Secretariat of the Fonadhoo Council, Hadhdhunmathi
Maldives
ލ. ފޮނަދޫގައި ދުއްވާ އެއްގަމާއި ކަނޑު އަޅަނދުފަހަރުގެ މަޢުލޫމާތާއި، ލ. ފޮނަދޫގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކުގެ މަޢުލޫމާތު ނެގުމަށް ކުރެވޭ ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ މަޢުލޫމާތާއި، މިރަށުގައި ދިރިއުޅެމުންދާ ރަށުގެ ރަށްވެހިންގެ ގޮތުގައު ނުހިމެނޭ ފަރާތްތަކުގެ މަޢުލޫމާތު ނެގުމަށްޓަކައި ކުރާ ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 20 އޮކްޓޯބަރ 2022 (ބުރާސްފަތި) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

-      ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://urlzs.com/ooA7t

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 އޮކްޓޯބަރ 2022 (ހޯމަ) ދުވަހުގެ 11:00 ގައި މިކައުންސިލްގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު projects@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 26 އޮކްޓޯބަރ 2022 (ބުދަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރ 2022 (ބުދަ) ދުވަހުގެ 13:30 ގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
11 Oct 2022