ނީލަން
ނަންބަރު: (IUL)468-LID/468/2022/297
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި:
26 އޮކްޓޫބަރު 2022 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިޔުން
ފުވައްމުލަކު ދަޑިމަގުއަވަށު ބިންގާ ގޯތީގެ އިރުދެކުނުން، ޝެއިލާ ގޯތީގެ ހުޅަނގުދެކުނު ފަރާތުން އޮތް ހުސްބިގައި، ޝެއިލާ ގޯއްޗަށް ދަތިވާ ގޮތަށް ހުރި ނަންބަރު 1 ޖަހާފައިވާ ރުކުގެ ނީލަންކިޔުން 2022 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 9:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.
ނީލަމުން މިރުއް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 03 ދުވަހުގެ ތެރޭގައި ރުއް ކަނޑައި ރުކުގެ ބައިތައް އެތަނުން ނަންގަވައި ސާފުކުރަން ވާނެއެވެ.
ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
18 އޮކްޓޫބަރު 2022