ދިވެހިރާއްޖެ
ކައުންސިލުން ކުރަންޖެހޭ އެއްގަމު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އިޖުތިމާއީ ސަރަޙަށްދުތަކުންނާއި ކައުންސިލް އިދާރާއިން ކުނި ކޮއްޓަށް އުކާލަން ޖެހޭ ކުނިތަކާއި ކައުންސިލުން ބާއްވާ އެކި ހަފްލާތަކާއި ގުޅިގެން ކުރަންޖެހޭ އެއްގަމު ދަތުރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެވެ. މިމަސައްކަތް ކޮށްދެށްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2022 ނޮވެމްބަރ 1 ވާ އަންގާރަ ދުވަހު 13:00 އަށް މިއިދާރާއަށް އަގު ހުށައެޅުށްވުން އެދެމެވެ. އަގު ހުށައަޅުއްވާއިރު ކުނިކޮއްޓަށް ދަތުރު ކުރެވޭނެ އަގާއި އެހެނިހެން ދަތުރު ކުރެވޭނެ އަގު ވަކިން ހުށައެޅުމަށް ދަންނަވަމެވެ. ހަމައެއާއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށައެޅުމަށްވެސް ދަންނަވަމެވެ.
މި މަސައްކަތަށް ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން projects@fiyori.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރެވޭ އީމެއިލްތަކަށް 1 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ދެވޭނެއެވެ. އަދި މިއިދާރާގެ ފޯން ނަމްބަރަށް (4002526) ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
23 ރަބީޢުލްޢައްވަލު 1444
19 އޮކްޓޯބަރ 2022