ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2022/40
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 31 އޮކްޓޫބަރު 2022 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-335920

ބޭނުންވާ އަދަދު:

1 (އެކެއް )

ގިންތި

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

-  ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-  ސަޕޯޓިންގ ކޯ އެލަވަންސް 2 : މަހަކު .00700 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

1- އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒް ކުރުމަށް ބޭނުންވާ ޕްލޭން ކައުންސިލްގެ ލަފާގެމަތިން ތައްޔާރުކުރުން.

2- ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ރަށްރަށުން ހޯދުމާއި އެޕްލޭންތައް ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުން.

3- ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލް އިދާރާގެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ތަފާސްހިސާބު   ފޯރުކޮށްދިނުން.

4- ޢަމަލުކުރެވެމުންދާ އަތޮޅު ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްގެން ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ އަތޮޅު ތަރައްޤީގެ ޕްލޭން ކައުންސިލްގެ ލަފާގެމަތިން އެކުލަވައިލުން.

5- ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ރަށުކައުންސިލްތަކުގެ

   މަސްއޫލިއްޔަތު އަދާކުރާ މިންވަރުބެލުމުގައި އެހީތެރިވެދިނުން.

6- ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ލިޔަންޖެހޭ ސިޓީ މެސެޖް ލިޔުން

7- އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

8-  އަތޮޅު ކައުންސިލްގެ ރަސްމީ ޓްވިޓަރ އެކައުންޓް އަދި ފޭސްބުކް ޕޭޖް އަޕްޑޭޓްކޮށް ބެލެހެއްޓުން.

9- އަތޮޅުގެ ތަފާސްހިސާބުގެ ނަތީޖާ ޝީޓް ތައްޔާރުކުރުން.

10- ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ތައްޔާރުކުރަންޖެހޭ، އަތޮޅު ކައުންސިލްގެ ކުރިއަށް އޮންނަ އަހަރުގެ މަސައްކަތު ތާވަލު އެކުލަވައިލައި ފޮނުވަންޖެހޭ ތާރީޚަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ރަށު ކައުންސިލްތަކުގެ ކުރިއަށް އޮންނަ އަހަރުގެ މަސައްކަތު ތާވަލު އަތޮޅު ކައުންސިލަށް ހުށަހަޅަށް ޖެހޭ ތާރީޚަށް ހުށަހެޅުމުން އެތަކެތި ޗެކް ކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.

11-  ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ މިންވާރާ ގުޅޭގޮތުން ކޮންމެ 2 މަހަކުން ރަށުކައުންސިލުން ތައްޔާރުކުރާ ރިޕޯޓް އަތޮޅު ކައުންސިލަށް މުއްދަތަށް ގެނައުމުގެ މަސައްކަތް ކުރުން.

12- އަތޮޅު ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

13-  އަތޮޅު ކައުންސިލުން ހިންގާ ޕޮރޮޖެކްޓްތަކުގެ ކުރެހުންތަކާއި ބީ.އޯ.ކިއު ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތް ޓެކްނިކަލް ބޭފުޅުންނާ ގުޅިގެން ކުރުން.

14- ޕްރޮޖެކްޓްތަކާ ގުޅިގެން ރަށުކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުމުގެ ކަންކަން ޓެކްނިކަލް ބޭފުޅުންނާއި ކައުންސިލްގެ މަޝްވަރާގެ މަތިން ކުރުން.

15- ޤައުމީ އިދާރާތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ހިންގާ އެންމެހައި ޕްރޮޖެކްޓްތަކުގެ ކަންކަން ބެލެހެއްޓުމާއި ޤަވާޢިދުން ކައުންސިލަށް މަޢުލޫމާތު ޙިއްޞާކުރުން.

16- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.

17- ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތް ކުރުން.

18- ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތްކުރުން.

19- އަތޮޅުގެ ނުވަތަ ރަށުގެ ތަރައްގީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި އެހީތެރިވެދިނުން. 

20-  މީގެއިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

ތަޢުލީމީ ރޮނގުތައް:

 

 

 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

https://www.csc.gov.mv/PostStructure/Index/36

 

 

 

 

ޕްރިފަރޑް ޑިސިޕްލިންތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ކައުންސިލް އެޑްމިނިސްޓްރޭޝަން، އޮފީސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ކޮމާރސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕޮލިސީ ސްޓަޑީސް، ގަވަރނަންސް، ލޯކަލް ގަވަރނަންސް، ސޯޝަލް ސައިންސް، ސޯޝިއޮލޮޖީ، ސޯޝަލް ވާރކް، އެންތްރޮޕޮލޮޖީ، ޑިމޮގްރަފީ، ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް، ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، ހިއުމަންރިސޯސް، އެކައުންޓިންގ، ފައިނޭންސް، ލޯ، ޝަރީޢާ އެންޑް ލޯ، ޕަބްލިކް ރިލޭޝަންސް، މާރކެޓިންގ، ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް، އެގްރިކަލްޗަރަލް ސައިންސް، މެރިން ސައިންސް، އެންވަޔަރަންމެންޓަލް ސައިންސް، އަރބަން ސްޓަޑީޒް، އަރބަން ޕްލޭނިންގ، އާކިޓެކްޗަރ، ސިވިލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ލައިބްރަރީ ސައިންސް، ކަލްޗަރ އެންޑް ހެރިޓޭޖް، ސްޕޯރޓްސް މެނޭޖްމަންޓް، ލީޑަރޝިޕް.

 

މަޤާމުގެ ކޯ ޑިސިޕްލިން

-

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

-  މެނޭޖްމަންޓް

-  އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެވެބްސައިޓުން http://www.csc.gov.mv/download/2249  އަދި މި ކައުންސިލްގެ    www.halifatoll.gov.mv ވެބްސައިޓުންނާއި ، ކައުންޓަރުން ލިބެންހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccont.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

1-         އަސާސީ ޝަރުތު ހަމަވުން ( %30 )

2-         އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)

3-         ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް ( %5)

4-    އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5 )

5-    އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެޓިކަލް )  (%20 )

6-    އިންޓަރވިއު  ( %35)

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މި މަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓްދެވޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ، ތަޖުރިބާގެ މުއްދަތު ފިޔަވައި އެއަށްވުރެއް މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ.

ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ www.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@halifatoll.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު ކުރުން އޮންނާނީ 2022 ނޮވެންބަރު 10 ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 13 އާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500068 އަށެވެ. އީ-މެއިލް ކުރާނީ info@halifatoll.gov.mvއަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51)) އިން ލިބެން ހުންނާނެއެވެ.

23 އޮކްޓޫބަރު 2022