ދިވެހިރާއްޖެ
2022 ވަނައަހަރު މަސްވެރިންގެ ދުވަހާއި ގުޅީގެން ބާއްވާ 'މަސްރޭސް 2022' ބޭއްވުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 70 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ކުލަބް/ޖަމުއިއްޔާތަކުން 7 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ހެދުނު 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މިމުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ހެދުނު 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިކަމަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކާއި، ޕްރޮޕޯޒަލް ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ހުށަހަޅާ ޕްރޮޕޯސަލްތަށް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ފަރާތާއި އެކު އެގްރީމެންޓް ހެދިގެން މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 4002625 ގުޅުއްވުން އެދެމެވެ.