މަޤާމު: ސޯޝަލް ސަރވިސް އޮފިސަރ
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
އެމް.އެސް. 1
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/5,610 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް/ މާލެ
|
އަސާސީ ޝަރުޠު:
|
- ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކޯޓްގެ އަމުރަށް ޑައިވަރޝަންއަށް ފޮނުވާ ކުދިންގެ ޕްރޮގުރާމު ހަމަޖެހިފައިވާ އުސޫލުގެ މަތިން ހިންގުމާއި ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
- ޑައިވަރޝަން ޕްރޮގުރާމު ކުރިއަށްދާ ގޮތް މޮނިޓަރ ކުރުމާއި ޕްރޮގްރެސް ރިޕޯޓު އެކުލަވާލުމާއި މިކަމާގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.
- ޑައިވަރޝަން ޕްރޮގުރާމުގެ ދަށުން ގޭބަންދުގައި ތިބޭ ކުދިންނަށް ޒިޔާރަތް ކުރުމާއި، މަރުކަޒުގައި ތިބޭ ކުދިންނާއި ޖަލުގައި ތިބޭ ކުދިންނަށް ޒިޔާރަތްކޮށް މޮނިޓަރ ކުރުން.
- ޑައިވަރޝަން ޕްރޮގުރާމުގެ ދަށުން ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރަށް ފޮނުވާ ކުދިން މޮނިޓަރ ކުރުމާއި އެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރިޕޯޓު ކުރުން.
- ޑައިވަރޝަން ޕްރޮގުރާމުގެ ދަށުން ކުޑަކުދިންގެ ޖަލަށް ފޮނުވާ ކުދިން މޮނިޓަރކުރުމާއި އެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ ސުޕަވަރިޒަރަށް ރިޕޯޓު ކުރުން.
- ޑައިވަރޝަން ޕްރޮގުރާމު ކުރިއަށްގެންދާ ކުދިންގެ މައްސަލައެއްގައި ފުލުހުންނާއި ކޯޓުން ބާއްވާ ބައްދަލުވުންތަކާއި ތަޙުޤީޤުތަކާއި ކޯޓް ސެޝަންތަކަށް ހާޒިރުވާން ޖެހިއްޖެ ހާލަތެއްގައި ހާޒިރުވުން އަދި ސުޕަވައިޒަރަށް ރިޕޯޓުކުރުމުގެ އިތުރުން ރިކޯޑުތައް އަޕްޑޭޓް ކުރުން.
- ހަވާލުކުރާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެއްކުރުމާއި، ބެލެހެއްޓުން އަދި ކޮންމެ ތިންމަހުން އެއްމަހު މީޑިއާ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އަޕްޑޭޓް ކުރުން.
- ކޭސް ވަރކް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ފަންނީ ލަފާދިނުން.
- މީގެ އިތުރުންވެސް ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
އިންޓަވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
2014 ނޮވެންބަރު 30 ން ޑިސެންބަރު 11 އާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.
|
އިތުރު މަޢުލޫމާތު:
|
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
- ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|