ދިވެހިރާއްޖެ
ސަރުކާރުގެ ނޫ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން ވިޔަފާރިއާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމެއް މިނިސްޓރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ ފަށާފައެވެ. މި ޕްރޮގޮރާމްގެ ތެރެއިން ވިޔަފާރި ޚިޔާލު ބައްޓަންކޮށް ވިޔަފާރި ޕްލޭންއެއް ހަދާނެ ގޮތާއި ވިޔަފާރި ވެރިންނަށާއި ވިޔަފާރިފަށަން ގަސްތުކުރާ ފަރާއްތަކަށް މިނިސްޓްރީއާއި މިނިސްޓްރީއާ ގުޅުންހުރި އިދާރާތަކުން ފޯރުކޮއްދޭ ޙިދުމަތްތަކުގެ މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން، މިނިސްޓްރީން ކުރިޔަށްގެންދާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުނުންފުޅުވާ ފަރާއްތައް 21 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި 4002625 ނަންބަރަށް ގުޅުއްވާގެންވެސް ނަންނޯޓު ކުރެވިދާނެވެ.
މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވަނީ 23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހު ފިޔޯރީ ކައުންސިލް އިދާރާގައެވެ. އަދި ޕްރޮގްރާމް ކުރިޔަށް ދާނެ ގޮތުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
ތަން |
ތަފްސީލު |
ގަޑި |
ތާރީހު |
ކައުންސިލް އިދާރާ ހޯލް |
ސެޝަން 1 |
14:00-18:00 |
23 ނޮވެމްބަރ 2022 |
Break |
18:00-20:00 |
||
ސެޝަން 2 |
20:00-21:30 |
20 ރަބީޢުލްއާޙިރު 1444
14 ނޮވެމްބަރ 2022