ދިވެހިރާއްޖެ
އިޢުލާން
ފީފާ ވަރލްޑް ކަޕް 2022 އަށް ޕްރޮޖެކްޓަރ ދޫކުރުމާއި ގުޅޭ
މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ފީފާ ވަރލްޑް ކަޕް 2022" އާއި ދިމާކޮށް 100 ޕްރޮޖެކްޓަރ މި މިނިސްޓްރީގެ ފަރާތުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮޖެކްޓަރތައް ހޯދުމަށް ބޭނުންވެލައްވާ މަދަނީ ޖަމްއިއްޔާ ޖަމާޢަތްތަކުން ނޮވެމްބަރ 16 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ޖަމްއިއްޔާގެ ރަސްމީ ލެޓަރހެޑްގައި ސިޓީއަކުން ޕްރޮޖެކްޓަރ ބޭނުންވާކަން ތިރީގައިވާ އީމެއިލްއަށް ފޮނުއްވައި ދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އެންމެ ފަހުން ބޭއްވި "ޔޫރޯ 2020" އަށް މި މިނިސްޓްރީން ޕްރޮޖެކްޓަރ ދޫކުރި އެއްވެސް ޖަމްއިއްޔާ އަކަށް މިފަހަރު ޕްރޮޖެކްޓަރ ދޫނުކުރާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
އީމެއިލް: bureau@youth.gov.mv
އެހެންކަމުން މިކަން ޢާއްމުކޮށް އަންގައި ޢިއުލާންކުރީމެވެ.