ނީލަން
ނަންބަރު: (IUL)468-LID/468/2022/331
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި:
20 ނޮވެންބަރު 2022 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިޔުން:
ފުވައްމުލަކު ފުނާޑު އަވަށު ކަނދުވަލިމަގަކީ ފުވައްމުލަކު އެތެރޭގެ މަގުތައް ރަގަޅު ފެންވަރަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ހަދަން ހަމަޖެހިފައިވާ މަގެކެވެ. އަދި މިމަގު ހަދާއިރު މަގަށްއަރާގޮތަށް ހުރި ނިކަގަހުގެ ނީލަންކިޔުން 2022 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 09:00 ގައި އެގަހުގެ ކާރީގައި އޮންނާނެއެވެ.
ނީލަމުން ގަސް ނަންގަވާ ފަރާތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށް ފަހު 03 ދުވަހުގެ ތެރޭ އެގަސް ކަނޑާ އެތަނުން ގަހުގެ ބައިތައް ނަންގަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
16 ނޮވެންބަރު 2022