ނީލަން
ނަންބަރު: 263/263/2022/50
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 22 ނޮވެންބަރު 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުމުދާ ނީލަންކިޔުން

ނީލަން ކިއުން:

       ނެއްލައިދޫ އިޖުތިމާއީ މަރުކަޒުގެ ބައެއް ތަކެތި އަދި ރުއްގަސް ނީލަންކިއުން 2022 ނޮވެންބަރު 22 ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ އިޖުތިމާއީ މަރުކަޒު ގޯތިތެރޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2022 ނޮވެންބަރު 20 ވާ އާދިއްތަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުން ނަގާ ތަކެތި ގެންދެވޭނީ، ނީލަމުން ނަގާ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން ނީލަންފެށީއްސުރެން  އެދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް އަދި 2022 ނޮވެންބަރު 23 ވަނަދުވަހުގެ 8:00 ން 12:00 އަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

ނީލަމުން ނަގާ މުދާ ލަސްވެގެން 2022 ނޮވެންބަރު 26 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން ގެންދަންވާނެއެވެ. އެމުއްދަތުގައި ނުގެންދާ ތަކެތި ނައްތާލުމަށްވަނީ ހަމަޖެހިފައެވެ.

             އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ތަކެތި ނީލަމުން ނަގާ އަދި ނީލަމުން ނެގި ތަކެއްޗަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ތަކެތީގެ ޖުމްލަ އަގަށްވާ ފައިސާގެ 50 ޕަސަންޓް ދައްކަވަންޖެހޭނެއެވެ.

 

ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތީގެ މައުލޫމާތު

 

  1. އިޖުތިމާއީ މަރުކަޒު ދެކުނުފަރާތު ފުރާޅުގެ ޓިނާއި ފައިދަށް އަދި ހަލާކުވެފައިވާ ގިޑިގޭގެ ބައިތައް
  2. އިޖުތިމާއީ މަރުކަޒު އުތުރުފަރާތު ފުރާޅުގެ ހުޅަނގު އުތުރު  ( 12 ގަނޑު ސިމެންތި ޓިނާއި ފައިދަށް)
  3. އިޖުތިމާއީ މަރުކަޒު އުތުރުފަރާތު ފުރާޅުގެ ހުޅަނގު އުތުރު  ( 14 ގަނޑު ސިމެންތި ޓިނާއި ފައިދަށް)
  4. 5 ގަސް ހިރުނދު/ދިއްގާ ( އިޖުތިމާއީ މަރުކަޒު ހޯލުތެރެ )
  5. އިޖުތިމާއީ މަރުކަޒުގެ ލަކުނޑި ބޮޑުދޮރާއި ކުޑަދޮރުތައް
  6. 1 ގަސް ކުއްޅަވަށް ( ހިކިފައި )
  7. 2 ގަސް ފިތުރޯން ( ފުޓްސަލް ދަނޑުގެ ހުޅަނގު ) ހިކިދަރަށް ބުރިކޮށްފައި

 

20 ނޮވެންބަރު 2022