ދިވެހިރާއްޖެ
ބ ގޮއިދޫ ޕްރިސްކޫލް
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް
ބ ގޮއިދޫ / ދިވެހިރާއްޖެ
..............................................................................................................................................................
ނަމްބަރ : 3/2022/GPS-IUL
އިޢުލާން
2022-2023 ވަނަ އަހަރަށް ޓީޗަރަކު ހޯދުން
މިސްކޫލްގައި މިހާރު ކިޔަވައިދެމުންދާ ބޭބީނާޞަރީ އަދި ނާޞަރީ ކުލާހަށް ކިޔަވައިދިނުމަށް ޓަކައި ތިރީގައި މިދަންނަވާ މަޤާމަށް ޓީޗަރަކު ބޭނުންވެއެވެ.
* 1 – މަޤާމު : ވަގުތީ ޓީޗަރ ( ކޮންޓްރެކްޓް )
2- ބޭނުންވާ އަދަދު: 1
3 - މުސާރަ : މަހަކު 3500.00 ރުފިޔާ
4- އެހެނިހެން އިނާޔަތް: ރަމަޟާން އެލަވަންސް އަދި އިތުރުގަޑީގައި މަސަތްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
5- ވަގުތު : 3 ގަޑިއިރު
6 – ފެންވަރު ނުވަތަ ޝަރުޠު :
1 – ޕްރީސްކޫލް ޓީޗިންގ ސެޓްފިކެޓް އޮތުން ނުވަތަ
2 – ޖީސީއީ އޯލެވެލް ހަދާފައިވުން .
7 – މަޤާމުގެ މަސައްކަތް :
– ސްކޫލް ހުޅުވުމާއި ، ބަންދުކުރުން
- ކަނޑައެޅޭ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްތަކުގައި ކިޔަވާދިނުމާއި ، ކިޔަވާދިނުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން .
- އިދާރީގޮތުން ސްކޫލްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ބެލެނިވެރިންނާ ގުޅިގެން ހިންގަންޖެހޭ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުން .
- ސްކޫލް ހިންގުމާއި ގުޅޭގޮތުން ކައުންސިލްގެ އިސްވެރިން އަންގަވާކަންކަން ކުރުން.
ވީމާ ، މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަކާއެކު 28 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މިސްކޫލްގެ އިދާރާ ބގޮއިދޫ ކައުންސިލަށް ސިޓީ ފޮނުއްވުން އެދެމެވެ.
1 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ، އައިޑީކާޑުގެ ކޮޕީ
2 ތަޖުރިބާގެ ލިޔުން .
މިމަޤާމްތަކަށް މީހުން ހޮވުން އޮންނާނީ މެރިޓް އުޞޫލުންނެވެ. މިގޮތުން ފަންނީޤާބިލްކަން ހުރިމިންވަރު ދެނެގަތުމުގެގޮތުން އިންޓަވިޔުއެއް ބޭއްވޭނެއެވެ. އަދި މީގެ އިތުރުން ޕްރެކްޓިކަލް ޓެސްޓެއްވެސް ދެވޭނެއެވެ.
މިހެންވެ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
22 ނޮވެމްބަރ 2022