ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
ނަންބަރު: 59(IUL)303-AS/2022/
އިޢުލާން
ރ . އުނގޫފާރުގެ މަގުމަގާއި ގޯޅިތަކުގައި ވެހިކަލް ޕާކުކުރުމާބެހޭ
އުނގޫފާރުގެ މަގުތަކާއި ގޯޅިތަކަކީ ވަރަށްހަނި މަގުތަކާއި ގޯޅިތަކަށްވާއިރު މަގުމަގާއި ގޯޅިތަކުގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ޕާކުކުރާއިރު ވަކިތަރުތީބެއް ނެތި އެމީހަކު ބޭނުންގޮތަކަށް ޕާކުކުރަމުން ދިއުމާއި އަދި މަގުގެ ދެފަރާތުގައި ޕާކުކުރަމުން ދިއުމުގެ ސަބަބުން މަގުތަކުގައި ދުއްވާ މީހުންނާއި ހިނގާއުޅޭމީހުންނަށް ތަފާތު އުނދަގޫތައް ވުމުގެ އިތުރުން އެކިއެކި އެކްސިޑެންޓްތައް ހިނގަމުންދާތީ ، ވެހިކަލްޕާކުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލްކަމެއް ދެއްވުން އެދެމެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން އުނގޫފާރަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށްވުމުން ހުކުރު ފިޔަވާ ކޮންމެދުވަހަކު ރަށުންބޭރުންވެސް ވަރަށްގިނަ ބަޔަކު އައިސްގޮސްވާ ރަށަކަށްވުމާއެކު ރަށުގެ އެއްތަނުން އަނެއްތަނަށް ދިއުމަށް ޓެކްސީ ދަތުރުތައްވެސް ކުރާ ރަށަކަށްވުމުން ޢާއްމުކޮށް ރަށަތެރޭގައި ހުންނަ މަގުތަކަކީ ވަރަށް ހަނި މަގުތަކަކަށްވާތީ މިފަދަ މަގުތަކުގައި ޕިކަޕް ، ކާރު ، ބަގީފަދަ ވެހިކަލް ޕާކުކޮށްފައި ނުބޭއްވުމަށާއި ސައިކަލް ، ބައިސްކަލް ފަދަ ވެހިކަލްތައްވެސް މަގުގެ އެއްފަރާތުގައި ތަރުތީބުން ޕާކުކޮށްފައި ބެހެއްޓުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
29 ޖުމާދުލްއާޚިރާ 1444
23 ނޮވެމްބަރ 2022