ނީލަން
ނަންބަރު: (IUL)459-AD/1/2022/305
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 07:56
ސުންގަޑި: 01 ޑިސެންބަރު 2022 10:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަމުގައި 22 ނޮވެންބަރު 2022 ގައި އިއުލާނުކުރެވި ތަރުހީބު ލިބިފައި ނުވާތީ އަލުން އެތަކެތި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. (ނީލަން ކިޔަން ހަމަޖެހިފައިވާތަން : (  މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ގ.ބިއްލޫރިޖެހިގެ)
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 1 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގަތުން އެދެމެވެ.
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3027283

މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، 1 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ނީލަމްގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

 

                              5 ޖުމާދަލްއޫލާ 1444

                              29 ނޮވެންބަރު  2022  

29 ނޮވެންބަރު 2022