ދިވެހިރާއްޖެ
ކަސްޓަމްސް ޢާންމުޤަވާޢިދުގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލޯކަލް ކޫރިއަރ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 (އެކެއް) އަހަރެވެ. މިގޮތުން ލައިސަންސްގެ މުއްދަތު ހަމަވުމުން، ލައިސަންސް އައުކުރުމަށް އެދި ކަސްޓަމްސް އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
2022 ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން، ލޯކަލް ކޫރިއަރ އޭޖެންޓުންގެ ލައިސަންސް އައުކުރުމަށް އެޕްލިކޭޝަން ( MCS-155) ފޯމު ކަސްޓަމްސް އަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އައުކުރެވޭގޮތަށް ހަމަޖައްސައިފީމެވެ.
އަދި ދަންނަވަމެވެ. މިގޮތައް ހަމަޖެއްސުމުން، ލޯކަލް ކޫރިއަރ އާއެކު ރަޖިސްޓްރީ ކޮށްފައިވާ ކޫރިއަރ ބްރޯކަރ ލައިސަންސްގެ މުއްދަތު ހަމަވާއިރު، ލޯކަލް ކޫރިއަރ ލައިސަންސްގެ މުއްދަތުވެސް ހަމަވާނެއެވެ. މިގޮތައް ހަމަޖައްސަން ޖެހުނީ، ލޯކަލް ކޫރިއަރ އާއެކު ރަޖިސްޓްރީ ކޮށްފައިވާ ކޫރިއަރ ބްރޯކަރގެ މުއްދަތު އެއްގޮތްކުރުމުގެ ބޭނުމުގައެވެ. މިގޮތުން ލޯކަލް ކޫރިއަރ އާއެކު ރަޖިސްޓަރީ ކޮށްފައިވާ ކޫރިއަރ ބްރޯކަރގެ ލައިސަން ކަސްޓަމްސް ޕޯޓަލް އިން އާކުރެއްވުމުން، ލޯކަލް ކޫރިއަރގެ ލައިސަންސްވެސް އާކުރެއްވޭނެއެވެ. ނަމަވެސް ލައިސަންސް އައުކުރައްވާއިރު، ފޮރިންގ ކޫރިއަރ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާނަމަ، ލައިސަންސް އާކުރެއްވުމުގެ ކުރީން އެގްރީމެންޓް އައުކުރެއްވުމަށްފަހު، ކަސްޓަމްސްގެ އީ-މެއިލް admin@customs.gov.mv)) އަށް މެއިލްކޮށް ދެއްވުމަށްވެސް ދެންނެވީމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު:3334176 ފޯނަށް ގުޅުއްވުން އެދެމެވެ.
ލޯކަލް ކޫރިއަރ އޭޖެންޓުންގެ ލައިސަންސް އައުކުރުމަށް ޢަމަލުކުރަންވީ ގޮތް ތިރީގައި އެވަނީއެވެ.
1- ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު ޑޭޝްބޯޑް ޕޭޖުގެ ރިނިއު ކޫރިއަރ ބްރޯކަރ އޭޖެންޓުންގެ ލިންކަށް ފިއްތަވާލައްވާށެވެ.
2- ޕެންޑިންގ ޕޭމެންޓްސް ޕޭޖްގައިވާ ޕޭއޮންލައިން ބަޓަނަށް ފިއްތަވާލައްވާށެވެ.
3- ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އޮންލައިން ޕޭމެންޓް ހައްދަވާށެވެ.
4- ޕޭމެންޓް ހެއްދެވުމުން ކޫރިއަރ ބްރޯކަރ އާއެކު ލޯކަލް ކޫރިއަރ ލައިސަންސްވެސް އައުކުރެވޭނެއެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.