ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.
މި އޮތޯރިޓީގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި "ދުވަހު ނީލަމުގައި" ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ނީލަން ކިޔާނީ ހާޒިރުވާ ފަރާތްތަކުގެ ކުރިމަތީގައި އަނގަ ބަހުންނެވެ. އަދި ނީލަމަށް އަގު އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 14 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. ނީލަން ކިޔާ ތަކެތި ދައްކާލުން އޮންނާނީ 11 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއޮތޯރިޓީގައެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3027200 / 3027201 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ އޮތޯރިޓީގެ މެއިލް އެޑްރެސް: civav@caa.gov.mv އަށް މެއިލް ކުރެއްވުންއެދެމެވެ.
4 ޑިސެމްބަރ 2022