ނީލަން
ނަންބަރު: MWSC-F/3/ADV/2022/164
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 11 ޑިސެންބަރު 2022 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ މާލެ އަދި ހުޅުމާލެ ސައިޓުގައި ހުރި ހަލާކުވެފައިވާ މެމްބްރޭން، ބޭނުންކުރެވި ހަލާކުވެފައިވާ ފެން މީޓަރު، އިންޖީނާއި ގުޅޭ ސާމާނު އަދި އެހެނިހެން ތަކެތި ވިއްކާލުން

އެމް.ޑަބްލިޔު.އެސް.ސީގެ މާލެ އަދި ހުޅުމާލެ ސައިޓުގައި ހުރި ހަލާކުވެފައިވާ މެމްބްރޭން، ބޭނުންކުރެވި ހަލާކުވެފައިވާ ފެން މީޓަރު، އިންޖީނާއި ގުޅޭ ސާމާނު އަދި އެހެނިހެން ތަކެތި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.

 

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިނީލަމުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 32,162.50 (ތިރީސްދެހާސް އެއްސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ފަންސާސް ލާރި) އެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމަތު ހޯއްދެވުމަށް، 3323209 / 7960022 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ.

ސޭލްސް ޑިޕާޓްމަންޓް

05 ޑިސެންބަރު 2022