ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2022/116
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:09
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 65 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
23 ނޮވެމްބަރު 2022 |
ބައްދަލުވުން ބޭއްވި ގަޑި: |
10:50 |
ނިންމުންތައް
- އެމް.ޕީ ކަޕް ފުޓްބޯޅަ މުބާރާތް 2022 އަށް ކައުންސިލުން ދޭންޖެހޭ އެންމެހައި އެއްބާރުލުން ދިނުމަށާއި މިހަފްތާގައި މުބާރާތުގެ މެނޭޖްމަންޓް ނެގުމަށް އިޢުލާނުކުރުމަށާއި މިކަމުގައި ޖަމިއްޔާތަކުގެ އެއްބާރުލުންހޯދައި ކޯޗެއް މެދުވެރިކޮށް މުބާރާތުގެ ޕްރެކްޓިސް ކުރިޔައްގެންދިއުމަށް ނިންމުނު.
- ރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތު އެއްބަސްވުން ފާސްކުރެވުނު.
- ވަންދޫ ސްކޫލުން ގްރޭޑް 10 ގެ ދަރިވަރުންގެ ތަޖުރިބާ ދަތުރަށް އެހީއަކަށް އެދިފައިވާތީ ކައުންސިލްގެ ބަޖެޓްގައި ހަރަދުކުރެވެންހުރި މިންވަރު ބެލުމަށްފަހު އިދާރީ ބައްދަލުވުމަކަށް ހުށަހަޅައި ސްކޫލުގެ ސިޓީގެ ސައްހަކަން ކަށަވަރުކުރުމަށް ނިންމުނު.
- ކައުންސިލްގެ ބަޖެޓް ތަންދޭނަމަ އިދާރީ މުވައްޒަފުންގެ މަޝްވަރާގެމަތިން ކައުންސިލްގެ ތަޖުރިބާދަތުރު ދާނޭ ރަށެއް ކަނޑައެޅުމަށް ނިންމުނު.
- އިދާރާއިން ހުށަހަޅާފައިވާގޮތުގެމަތިން ބަޖެޓް ކޮންޓްރޯލްހެދުމަށް ނިންމުނު.
23 ނޮވެންބަރު 2022