ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)PSM-HA/PSM/2022/269
އިޢުލާން
އޮފީސް ފަރުނީޗަރ ނީލަމުގައި ވިއްކާލުން
މި ކުންފުނީގައި ބޭނުންކޮށް ގިނަ ދުވަސްވެ ބައުވެފައި ހުރި އޮފީސް ފަރުނީޗަރ ނީލަމުގައި ވިއްކާލަން ހަމަޖައްސައިފީމެވެ. އަދި ނީލަން ކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު، 14 ޑިސެމްބަރ 2022 ވާ ބުދަ ދުވަހު 12:00 އާއި 13:00 އާ ދެމެދު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަދި ޓީވީ ބިލްޑިންގ އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނީލަން ކިޔުން އޮންނާނީ 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި ރޭޑިއޯ ބިލްޑިންގ ގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، ނީލަން ކިޔާ ދުވަހު ފައިސާ ދައްކަވައި، 16 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންދަވައި ހުސްކުރައްވަން ވާނެއެވެ.
12 ޑިސެމްބަރ 2022