ނީލަން
ނަންބަރު: (IUL)HAAH/HAAH/2022/32
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 27 ޑިސެންބަރު 2022 16:00
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އިޢުލާން (މި ހޮސްޕިޓަލްގައި ހުރި ގިނަ ދުވަސްވެ ބައުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ) 2 ވަނަ ފަހަރު

(IUL)HAAH/HAAH/2022/32 :އިޢުލާން ނަންބަރު

 

 

                              މިހޮސްޕިޓަލްގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ބައެއް ހަރުމުދާ ހުރުމާއިއެކު މިތަކެތި ނީލަން ކިޔުމަށް  އިޢުލާން ކުރަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި އެކު ދުރުވެދެއްވުމަށް ދަންނަވަމެވެ.

 

                             ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 27 ޑިސެމްބަރު 2022 ވާ އަންގާރަ ދުވަހުގެ 16:00 އަށް ހޮސްޕިޓަލްގެ  (ގަރާޖް) ކައިރިޔަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ވަގުތުން ހޮސްޕިޓަލްގެ ކައުންޓަރަށް ފައިސާ ދެއްކެވުމަށް ފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެކަމާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު އެތަކެތި ނުގެންދަވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޑިސެންބަރު 2022