ދިވެހިރާއްޖެ
އެސްޓީއޯ ގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 10:00 އަށް އެސްޓީއޯގެ ރ.އުނގޫފާރު ފާމަސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެސްޓީއޯގެ ރ.އުނގޫފާރު ފާމަސީއަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެސަންގައި ބައިވެރިވެ ނަންނޯޓްކުރެވޭ ފަރާތްތަކަށްށެޥެ. އަދި އަގު ހުށަހަޅުއްވާނީ ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.