ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391-FI/391/2022/6
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 28 ޑިސެންބަރު 2022 00:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހިއްކާފައިވާ ސަރަހައްދާއި މަގުތަކާއި ބްލޮކްތަށް ވަކިކޮށް ކަޑަޖަހައި އިންޖަހާ ފާހަގަކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

                     ކޮޅުމަޑުލު ތިމަރަފުށީ ލޭންޑް ޔޫސް ޕްލޭން ގައިވާ ގޮތުގެ މަތިން ތިމަރަފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދާއި، މަގުތަކާއި އަދި ބްލޮކްތަށް ވަކިކޮށް، ކަނޑަ ޖަހައި، އިން ޖަހައި ފާހަގަކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން (IUL)391/391/2022/56 ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  21 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން 26 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ކައުންސިލްގެ މެއިލް procurement@thimarafushi.gov.mv އަށް މި އިޢުލާން އާއިއެކު ގެޒެޓް ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް އީމެއިލް ކުރުމަށް ދަންނަވަމެވެ. މި އިޢުލާން އާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރެޖިސްޓަރވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ.

                  އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ  28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  މި އިޢުލާން އާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 26 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 ކުރިން procurement@thimarafushi.gov.mv އަށް އީމެއެއިލް ކޮށްދެއްވުން އެދެމެވެ.

20 ޑިސެންބަރު 2022