ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)230-AHI/230/2023/1
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 11 ޖަނަވަރީ 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

 

އިޢުލާނު 

މަޤާމު:

 ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-371268

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ     

މަޤާމުގެ ރޭންކު:

 އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ބ.އޭދަފުށި

މުސާރަ:

މަހަކު 7035.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ 28%

ނޯޓު: ޓެކްނިކަލް ކޯ އެލަވެންސް ދެވޭނީ އެކައުންޓިންގ/ފައިނޭންސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްތަކުގެ ބަޖެޓްގެ މަސައްކަތާއި ގުޅޭގޮތުން ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ ބަލާ އެހީވެދިނުން.
  4. އަތޮޅު ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ އަހަރީ ބަޖެޓް އަދި ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގައި މެނޭޖްމަންޓަށް ބޭނުންވާ އެހީއާއި ލަފާދިނުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ހޯދުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  5. ބަޖެޓް އަދި ބަޖެޓާއި ގުޅޭގޮތުން ގައުމީ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.
  6. ކައުންސިލުގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ގުޅޭ އެންމެހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  7. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އަތޮޅު ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ މާލީ ބަޔާން ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމުގެ އެންމެހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  8. ކައުންސިލަށް ލިބޭ ފައިސާގެ މުޢާމަލާތްތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އުޞޫލުތަކުގެ މަތީންތޯ ބަލާ ފައިސާ ޚަރަދުކުރުމާއި ގުޅޭގޮތުން ދޭންޖެހޭ ލަފާ މާލީ ޒިންމާދާރުވެރިޔާއަށް ދިނުން.
  9. ކައުންސިލުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދެއްކޭތޯ ބަލާ އަދި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމުގައި ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހަމަވެފައިވޭތޯ ޔަޤީންކުރުން.
  10. ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބޭންކް އެކައުންޓްތައް މަހުން މަހަށް ޤަވާޢިދުން ޗެކްކޮށް، ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓް ތަކާއި ދިމާވެތޯ ބަލާ، އެކައުންޓްތަކުގެ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި ބޭންކް ރިކޮންސައިލް ކޮށް ސްޓޭޓްމަންޓްތައް ޤަވާޢިދުން ބެލެހެއްޓުން.
  11. ކައުންސިލުގެ މާލީ ކަންކަމާއި ގުޅޭ ރަޖިސްޓްރީތައް (ވައުޗަރ ރަޖިސްޓްރީ، ޗެކް ރަޖިސްޓްރީ، އާމްދަނީއާއި ބެހޭ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީތައް) އަޕްޑޭޓްވޭތޯ ބަލާ ރަޖިސްޓްރީތަކުގެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. ކައުންސިލުން ސިޔާސަތުތައް ކަނޑައެޅުމުގަޔާއި، ނިންމުންތައް ފާސްކޮށް ތަންފީޒްކުރުމުގައި ބަޖެޓް ސެކްޝަނުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށްދިނުން.
  13. ވިޔަފާރިކުލި، ބިމުކުލި އަދި އެހެނިހެން ގޮތްގޮތުން ކައުންސިލަށް ލިބެންޖެހޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދުމަށް ބާރުއަޅާ ފައިސާ ނުދައްކާ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  14. ކައުންސިލުން ދޭ އާންމު ޚިދުމަތްތަކަށް ލިބޭ ފައިސާ ޤަވާޢިދުން ބަލައިގަނެ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކޮށް ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި މިފައިސާގެ ތެރެއިން ޤައުމީ އިދާރާތަކަށް ފޮނުވަންޖެހޭ ފައިސާ، އޮންނަ އުޞޫލަކުން މުއްދަތަށް ފޮނުވުން.

 

  1. ކައުންސިލުގެ ބަޖެޓާއި ބެހޭ ގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ކުރުމާއި ކައުންސިލުގެ ނިންމުންތައް ނިންމުމަށް އިދާރާގެ އިސްވެރިންނަށް ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  2. ވިޔަ މޮޑިޔުލްއިން މުވައްޒަފުންނަށް ދީފައިވާ ރޯލްތައް އަދާކުރާ މިންވަރު ބަލާ މޮނިޓަރ ކުރުން.
  3. ބަޖެޓް ޔުނިޓުން އަންނަ މައްސަލަތައް ދިރާސާކޮށް ޔުނިޓާއި ޙަވާލުވެހުރި ފަރާތަކާ ޙިއްޞާކޮށްގެން މައްސަލަތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުން.
  4. އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
  5. ރަށު ކައުންސިލްތަކުން މާލީކަންކަމުގެ ޒިންމާ އަދާކުރާ މިންވަރު، ޢަމަލީ ގޮތުންނާއި އަދި ވިޔަ މޮޑިޔުލް މެދުވެރިކޮށް މޮނިޓަރކޮށް، ރަގަޅު ކުރަންޖެހޭ ކަންކަން ރަގަޅު ކުރުމަށް ކައުންސިލްތަކަށް އިރުޝާދުދީ އަންގަންޖެހޭ ފަރާތްކަށް އެންގުން. 
  6. ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގައި ކައުންސިލްތަކުގެ މާލީ ކަންކަން ކޮށްފައިވާ ގޮތް ބަލާ ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  7. ޔުނިޓުގެ މުވައްޒަފުން އެޕްރެއިޒް ކުރުން. އަދި މުވައްޒަފުންގެ ވަޒީފާބަޔާންތަކާއި މަސައްކަތްތައް އަހަރަކު އެއްފަހަރު ވިލަރެސްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  8. މީގެ އިތުރުންވެސް ޔުނިޓް ހިންގަވަން ހުންނަވާ ވެރިއަކު ޙަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުމާއި، އެބޭފުޅަކާއި އެހީތެރިވެ ހުށަހެޅޭ މައްސަލަތަކާއި ، ކަންކަން އަވަހަށް ނިންމުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން  2 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން  
  • މަޤާމުގެ ތަޢުލީމީ ރޮނގުތައް

-          އެކައުންޓިންގ

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ފައިނޭންސް

 

  • ކޯ ޑިސިޕްލިން

-          އެކައުންޓިންގ

-          ފައިނޭންސް

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

 

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފައިނޭންސް
  • އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި  ކައުންޓަރުން އަދި ތިރީގައިވާ ލިންކުން  ލިބެންހުންނާނެއެވެ.)http://www.csc.gov.mv/downloads/15151  

2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)

3-ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  

4-ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއ، ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެގޮތުން އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާ ދުވަސް އެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތު ތައް

(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި  (އަހަރާއި މަހާ ދުވަސް އެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ  ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.  ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) ދައުލަތުގެ އުވާލެވިފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާ ދުވަސް އެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި  ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ރެކްރޫޓް މަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކްފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން                             30                                  
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު             05
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލެންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް      05  
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ             05

 

  • އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )              15

 

  • ޕްރެޒެންޓޭޝަން                                    10
  • އިންޓަރވިއު                                      30

 

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އަށްވުރެ މަތިވާން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  11 ޖަނަވަރީ 2023  ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް hr@baa.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދިޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 16 ޖަނަވަރީ 2023 އާއި 24 ޖަނަވަރީ 2023 އާ ދެމެދު، ބ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.  

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ6608300 އަށެވެ. އީ-މެއިލް ކުރާނީ ( hr@baa.gov.mv) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

10 ޖުމާދަލްއާޚިރާ  1444

02 ޖަނަވަރީ 2023