ޢާންމު މަޢުލޫމާތު
ނަންބަރު: 407/407/2022/52
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 24 ޖަނަވަރީ 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާންމަހަށް މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައްކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ކުރުމާއި ބެހޭ

                        1444 ވަނަ އަހަރުގެ ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

                       މިސްކިތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާގެ ނަންބަރު 6820027 ފޯނަށް ނުވަތަ 7787473 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އެކައުންޓް ނަންބަރއަށް 7712700356004  (1459 ޚަރަދު 2) ފައިސާ ޖަމާކޮށްދެއްވުމަށް ދަންނަވަމެވެ. ފައިސާ އެކައުންޓަށް ޖަމާކުރައްވާނަމަ ސްލިޕް 7626363 މި ނަންބަރަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާއެކު މިސްކިތް ތަކުގެ މަރާމާތު ލިސްޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި ފުރުޞަތުގައި މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުން ކައުންސިލަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަނގަކޮށް ޝުކުރު ދަންނަވަމެވެ.

03 ޖަނަވަރީ 2023