ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2023/1
އިޢުލާން
ރުކާއި، ގަސް ލަކުޑި އަދި ބައެއް ތަކެތީގެ ނީލަން ކިއުން.
މިއިދާރާގެ ނަމްބަރ: (IUL)377/377/2022/24 ( 25 ޑިސެމްބަރ 2022 ) ގެ އިޢުލާނާގުޅޭ (.) ފެނަކަ އޮފީސް އިމާރާތުގެ ދެކުނުން ހެދޭ މަގަށާއި، ރިސީވަރު ގޯތީގެ އިރުން ހެދޭ މަގަށް އަރައިގެން ކަނޑާލެވިފައިވާ ރުއް ވަކަރާއި، ގަސް ލަކުޑި އަދި އިޖްތިމާއީމަރުކަޒާއި، ނޫރު މިސްކިތުން ނެގިފައިވާ ދޮރު ތަކުގެ ( ބޮޑުދޮރާއި،ކުދިދޮރު ދޮރުފަތާއެކު ) ނީލަން ކިއުން 29 ޑިސެމްބަރ 2022 ވީ ބުރާސްފަތި ދުވަހު ހެނދުނު 10:00 ވަނީ ކުރިއަށް ގެންދެވިފައެވެ. ނަމަވެސް މިނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ ދެވަނަ ފަހަރަށް މިތަކެތީގެ ނީލަން ކިއުން 08 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި އޮންނާނެއެވެ. ނީލަން ފެށޭނީ ހުކުރު މިސްކިތު ސަރަޙައްދުންނެވެ.
ނީލަން ކިޔޭ ތަކެތީގެ ލިސްޓް މިއިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޖުމާދަލްއާޚިރާ 1444 ހ.
03 ޖަނަވަރީ 2023 މ.