ދިވެހިރާއްޖެ
ދަތުރުވެރިންނަށް ފަސޭހައިން ފެން އެޅޭނެ އިންތިޒާމް ހަމަ ޖެއްސުމައްޓަކައި ގދ.ފިޔޯރީ ޖެޓީ ސަރަޙައްދުގައި ޤާއިމް ކުރެވިފައިވާ ފެން ދޫކުރާތަން 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިންގާ، ބަލަހައްޓާދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ކުއްޔަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޮވުމުގައި ބަލާނީ އެންމެ ރަނގަޅު ކުއްޔެއް ހުށައަޅާ ފަރާތެކެވެ.
ވީމާ، ފެން ދޫކުރާ ތަން ކުއްޔަށް ހިންގާ ބަލަހައްޓަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހު 13:30 އަށް އިދާރާއަށް ވަޑައިގެން ލިޔުމުން ކުއްޔަށް ހިފަން ބޭނުންވާ އަގު ހުށައެޅުން އެދެމެވެ. ގަޑި ޖެހިގެން ހުށައަޅާ އެއްވެސް ހުށައެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރުމަ އުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 4002625 ފޯނަށް ގުޅުވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
14 ޖުމާދަލްޢާޚިރާ 1444
5 ޖަނަވަރީ 2023